ޕާކިސްތާނުގެ ލާހޫރުގެ މަގުމަތީގައި އަންހެނަކަށް 100 އަށްވުރެ ގިނަ ފިރިހެނުން ދިމާކޮށް އަނިޔާކޮށްފިއެވެ. މިހާދިސާ ހިނގާފައިވަނީ ލާހޫރުގައި ހުންނަ އެ ގައުމުގެ މޮނިއުމެންޓެއް ކައިރީގައެވެ.
އަނިޔާ ލިބުނު އަންހެން މީހާއަކީ ޓިކްޓޮކުގައި މަޝްހޫރު އަންހެނެކެވެ. އެކި ވައްޔަރުގެ ވީޑިއޯތައް އޭނާ ވަނީ އޭނާގެ ޓިކްޓޮކުގައި އާންމުކޮށްފައެވެ.
މަންޒަރު ދުއްމީހުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން އެ އަންހެން މީހާ އެ މޮނިއުމެންޓުގެ ކުރިމަތީ އޭނާގެ ތިން ރައްޓެހިންނާއި އެކު ވީޑިއޯ އެއް ކުޅެން އުޅުނު ކަމަށެވެ. އެދުވަހަކީ ޕާކިސްތާނުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ގިނަ އަދަދެއްގެ މީހުން އެ ސަރަހައްދަށް އެއްވެފައިވާ ދުވަހެކެވެ.
އެ އަންހެން މީހާ ވީޑިއޯ އެއް ހަދަން އުޅުމުން، އެސަރަހައްދުގައި ތިބި އޭނާ އަށް ނަފްރަތުކުރާ ފަރާތްތަކުން ވަނީ އަޑުގަދަކޮށްފައެވެ. އޭގެ ފަހުން އެ އަންހެން މީހާގެ ފޯނު އަތުލުމަށްފަހު އޭނާއަށް އެކިވަރުގެ އަނިޔާވަނީ ދީފައެވެ. އަދި އެސަރަހައްދުގައި އެއްވެ ތިބި 100 އެންހާ މީހުން ދިޔައީ އެކަމަށް ހިތްވަރުދެމުންނެވެ.
ރިޕޯޓުތައް ބުނާގޮތުން އެ އަންހެން މީހާގެ ހެދުން ވެސް ވަނީ ވީދާލާފައެވެ. އެގައުމުގެ ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން 15 މީހަކު ހައްޔަރު ކުރި ކަމަށާއި އަދިވެސް އެހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ނޭނގޭ ކަމަށެވެ. އަދި އިތުރަށް މި މައްސަލަ ބަލަމުން ދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ޕާކިސްތާނުގައި އަންހެނުންނަށް ކުރާ އަނިޔާގެ އެތައް މައްސަލައެއް ކޮންމެ އަހަރަކު އެ ގައުމުގެ ފުލުހުންނަށް ހުށަހެޅެއެވެ.
