18 ވަނަ ސްޓީވީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސް އަދި އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްއިން ފާހަގަކޮށްލެވޭ އެވޯޑްތަކެއް އުރީދޫ އިން ހާޞިލް ކޮށްފިއެވެ.
ކޯވިޑް 19 އާއި ގުޅިގެން އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދީފައިވާ ގިނަ ގުނަ ޙިދުމަތްތަކަށް ސިލްވަރ އަދި ބްރޮންޒް ސްޓީވީ ލިބިފައިވާއިރު މޫލީ އަދި އެމް-ފައިސާ ގެ ޙިދުމަތައްވެސް ވަނީ ފާހަގަ ކޮށްލެވޭ އެވޯޑެއް ހާޞިލްކޮށްފައެވެ.
18 ވަނަ އަހަރީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސްއިން ލިބިފައިވާ އެވޯޑުތައް
- ބްރޮންޒް ސްޓީވީ - މޯސްޓް ވެލުއަބަލް ސަރވިސް (ކޯވިޑް 19 އާއި ގުޅިގެން އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދިން އެހީތެރިކަން)
އޭޝިއާ ޕެސިފިކް އެވޯޑްސްއިން ލިބިފައިވާ އެވޯޑުތައް
- ސިލްވަރ ސްޓީވީ - މޯސްޓް ވެލުއަބަލް ކޯޕޮރޭޓް ރެސްޕޯންސް (ކޯވިޑް 19 އާއި ގުޅިގެން އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދިން އެހީތެރިކަން)
- ބްރޮންޒް ސްޓީވީ – އެކްސެލެންސް އިން އިނޮވޭޝަން އިން ކޮންސިއުމަރ ޕްރޮޑަކްޓް އެންޑް ސަރވިސް އިންޑަސްޓްރީސް (މޫލީ އަދި އެމް-ފައިސާގެ ޙިދުމަތްތައް)
އުރީދޫއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރައްވަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޙާން ވިދާޅުވީ، އުރީދޫ މޯލްޑިވްސް އަކީ މުޖުތަމައުތަކުގެ ތަރައްގީއާއި ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއްކަމުން ކޯވިޑް 19 އާއި ގުޅިގެން އުރީދޫ މޯލްޑިވްސްގެ ޓީމުން ވަނީ ކަސްޓަމަރުންނަށާއި މުޖުތަމައުތަކަށް އެކި އެކި ގޮތްގޮތުން އެހީ ފޯރުކޮށްދިނުމުގައި ބުރަ މަސައްކަތްތަކެއްކޮށްދެއްވާފައި ކަމަށެވެ.
އެހެންކަމުން ބައިނަލް އަގުވާމީ ޕްލެޓފޯމެއްގައި މި މަސައްކަތް ފާހަގަވެ އެވޯޑެއްލިބުމަކީ ނުހަނު ފަހުރުވެރިވާކަމެއް ކަމަށް ނަޖީބު ހާން ވިދާޅުވިއެވެ.
"ޕެންޑެމިކް އާއި ގުޅިގެން އަޅުގަނޑުމެންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް އުރީދޫ ޓީމުން ވަނީ ގިނަ ގުނަ ލަނޑުދަނޑިތަކެއް ހާސިލްކޮށް އީޖާދީ ޙިދުމަތްތަކެއް ފޯރުކޮށްދީފައެވެ. އެހެންކަމުން މި ފުރުސަތުގައި އަޅުގަނޑުމެންގެ ކުރިއެރުމާ ގުޅިފައިވާ ހީވާގި މުވައްޒަފުންނަށް އައްސަރިބަހާ ސާބަސް ރައްދުކުރަން." ނަޖީބް ހާން ވިދާޅުވިއެވެ.
ކޯވިޑް 19 އާއި ގުޅިގެން އުރީދޫ ގްރޫޕާއި ގުޅިގެން ދިވެހިރާއްޖޭގައި ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މުހިއްމު މަސައްކަތްތަކަށް ބޭނުންވާ ވެންޓިލޭޓަރ، ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އަދި ޓެސްޓިންގ ކިޓް ހޯދުމުގައި ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާއަށް އެއްބާރުލުންދިނުމުގެ ގޮތުން 2.5 މިލިއަން ރުފިޔާގެ އެހީތެރިކަން އުރީދޫ މޯލްޑިވްސް އިން ވަނީ ފޯރުކޮށްދީފައެވެ.
އުރީދޫ މޯލްޑިވްސްގެ ތަސައްވުރާއި އެއްގޮތްވާގޮތުގެ މަތިން ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ފަހި މުޖުތަމައެއް ބިނާކޮށް، ރައްޔިތުންނާއި ވިޔަފާރިވެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށް ފުޅާކޮށްދިނުމަށް އެކުންފުނިން ކުރާ މަސައްކަތުގެ ތެރޭގައި އުރީދޫ މޯލްޑިވްސްގެ ސެލްފް ކެއަރ އެޕްގެ އަޕްގްރޭޑާއި އެކު، އުރީދޫގެ މޯބައިލް މަނީ ޚިދުމަތް އެމް-ފައިސާ އަދި އީ-ކޮމަރސް ޕްލެޓްފޯރމް މޫލީގެ ޚިދުމަތްވެސް އެއް ޕްލެޓްފޯރމަކުން ލިބުމުގެ ފަސޭހަ ފަހިކޮށްދީ، ފުރިހަމަ ޑިޖިޓަލް ތަޖުރިބާއެއް ލިބޭނެ ގޮތަށްވަނީ ބަދަލުކުރެވިފައެވެ.
ލޮކްޑައުންއާއި ގުޅިގެން މޫލީ މެދުވެރިކޮށް ކުދި ވިޔަފާރިތަކަށް ފަސޭހަކަމާއެކު އޮންލައިން ވެ ގިނަ ކަސްޓަމަރުންތަކަކަށް ޚިދުމަތްފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެން ދިޔައިރު، އެމް-ފައިސާ މެދުވރިކޮށް ބިލް ދެއްކުމުގެ އިތުރުން އޮންލައިން ކޮށް އޯޑަރުކުރުމުގައ އާއި ވިޔަފާރިކުރުމުގައި ފައިސާގެ މުއާމަލާތް ފަސޭހަވެގެންދިޔައެވެ.
ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގައި އުރީދޫ މޯލްޑިވްސްގެ މިފަދަ އިސްނެގުންތަކާއި އީޖާދީ ޚިދުމަތްތައް ތައާރަފްކުރުމަށް ކުރެވޭ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކުންފުނިން ދަނީ ދުނިޔޭގެ ވަރުގަދަ ޕްލެޓްފޯރމްތަކުގެ ސަމާލުކަން ހޯދާ، ފަޚުރުވެރި އެވޯޑްތައް ހާސިލްކުރަމުންނެވެ.
