ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި 18 މީހަކަށް ދުމުގެ އަސަރުކޮށް، އެކި ވަރުގެ ކުދި އަނިޔާތައް ލިބިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާ ހިނގުމާ ގުޅިގެން ށ. އަތޮޅު ހޮސްޕިޓަލުގެ އޯޕީޑީގެ ހިދުމަތްތައް ވެސް މިހާރު ވަނީ މެދުކަނޑާލައިފައެވެ.

ފުނަދޫ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި އަލިފާނުގެ އަސަރު އެ ސަރަހައްދުގައި ހުރި ހަތަރު ގެއަކަށާއި ފަސް ވޯކްޝޮޕަކަށް ވަނީ ކޮށްފައެވެ. ނަމަވެސް، އެމްއެންޑީއެފާއި ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން މިހާރު ވަނީ އަލިފާންގަނޑު ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައެވެ.