ޔުނިވަރސިޓީ އޮފް ނޮޓިންހަމްގެ އައު ދިރާސާއަކުން ދައްކާގޮތުގައި، ކޮންމެ ދުވަހަކު ފަސޭހައިން ބޭނުންކޮށްލެވޭ ފައިބަރ ސަޕްލިމެންޓެއް ބޭނުންކުރުމުން ކަކުލުގައި ރިއްސާ ވޭން ކުޑަވެ، މަސްތަކުގެ ބާރުގަދަވެ، އަދި ހަށިގަނޑަށް ވޭން އިހުސާސްވާ މިންވަރު ކުޑަކޮށްދެއެވެ. މިއީ ހުޅުހުޅުގެ ބަލި (އާތްރައިޓިސް) ޖެހިފައިވާ މީހުންނަށް އުންމީދީ އައު ހައްލެއް ގެނެސްދދޭނެ ކަމެކެވެ.

މި ކްލިނިކަލް ޓްރަޔަލްއިން ދައްކާފައިވާގޮތުގައި މި ފައިދާތައް ލިބެނީ ބަނޑުގައި ހުންނަ ފައިދާހުރި ބެކްޓީރިއާތަކަށް އަންނަ ހެޔޮ ބަދަލުތަކާއި، ޖީ.އެލް.ޕީ-1 ނަމަކަށް ކިޔާ ހޯމޯނަކާ ގުޅިގެންނެވެ. މި ދެކަމުގެ ސަބަބުން ހަށިގަނޑުގައި އިންފްލެމޭޝަން ކުޑަކޮށްދީ، ހުޅުހުޅުގެ ސިއްހަތު ރަނގަޅުކުރުމަށް އެހީތެރިވެދެއެވެ.

މި ހޯދުމުގެ ސަބަބުން ސިއްހީ މާހިރުން ދެކެވަޑައިގަންނަވަނީ މިއީ ބޭހުގެ ބަދަލުގައި، އާދައިގެ ކާނާއިން ނުވަތަ ސަޕްލިމެންޓަކުން ހުޅުހުޅުގެ ވޭން ފަސޭހަކޮށްދެވިދާނެ މުހިންމު މަގެއް ކަމަށެވެ. އަދި މިއީ ބަލި މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ލިބިގެންދިޔަ ރަނުގެ ފުރުޞަތެކެވެ.

މިހާރު ދިރާސާކުރާ ފަރާތްތަކުންދަނީ މިކަމުގެ އިތުރު ތަފްސީލުތައް ހޯދުމަށް މަސައްކަތްކުރަމުންނެވެ. އުންމީދަކީ ކުރިއަށް އޮތް ތަނުގައި މި ފަދަ ފަސޭހަ އަދި ގެއްލުން ކުޑަ ވަސީލަތްތައް ބޭނުންކޮށްގެން، އާތްރައިޓިސްގެ ސަބަބުން ވޭންއަޅާ ފަރާތްތަކަށް ލުއި ފަސޭހަކަން ހޯދައިދިނުމެވެ.

ހަވާލާ: ސައިންސް ޑެއިލީ 2026.