ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޕޮލިސް ލެބަށް ޕީސީއާރް މެޝިނެއް ހަދިޔާކޮށްފިއެވެ.

ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ބޭނުންކުރާ ޕީސީއާރް މެޝިން އެސްޓީއޯގެ ފަރާތުން ޕޮލިސް ލެބަށް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން އަމްރުއެވެ. އަދި މި މެޝިނާއި ހަވާލުވީ ފޮރިންސިކް ސަރވިސްގެ ޑައިރެކްޓޮރޭޓް އަބްދުﷲ އަހުމަދު އެވެ.

އެސްޓީއޯ އިން ދާދިފަހުންވެސް ވަނީ  ޕީސީއާރް ދެ މެޝިން އައިޖީއެމްއެޗަށް ހަދިޔާކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޓެސްޓު ކުރުމަށް ލައްކައަކާސް ވުރެ ގިނަ ސާމްޕަލް ނަގާފައިވެއެވެ.

ރާއްޖެއިން މިހާތަނަށް ހަތްހާހަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އަދި ބަލިން ރަނގަޅުވެފައިވަނީ 4561 މީހުންނެވެ. 

މި ބަލީގައި ރާއްޖެއިން މިހާތަނަށް 28 މީހަކު ވަނީ ނިޔާވެފައެވެ.