އާއިލާއަށް ހަބަރެއް ނުވެ ގެއްލިގެން ރިޕޯޓުކުރި ހއ. ދިއްދޫ، އާލިޔާ، އާދަމް އިކްރާމް (32 އަހަރު) މިއަދު ހުޅުމާލެއިން ފެނިއްޖެ އެވެ.
ފުލުހުން މީގެ އިރުކޮޅެއް ކުރިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ގެއްލިގެން އިއްޔެއިން ފެށިގެން ހޯދަމުންދިޔަ އިކްރާމް ހުޅުމާލެއިން ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
އޭނާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
އިކްރާމް ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވަނީ އެ ރޭ ދަންވަރުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއް ނުވުމާ ގުޅިގެންނެވެ.
