ޔޫއޭއީގެ ޝާރްޖާގެ ވެރިޔާ ޝައިހް ޑރ. ސުލްތާން ބިން މުހައްމަދު އަލް ގާސިމީ، ކައިވެނީގެ އެހީއާއި ފަރުނީޗަރު އެހީގެ ގޮތުގައި ދޭ އަދަދު ވަކިވަކިން 30،000 ދިރުހަމަށް ބޮޑުކުރެއްވުމަށް އެ ގައުމުގެ ސަރުކާރަށް އަންގަވައިފިއެވެ.
މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ މި ނިންމެވުމަކީ، ކައިވެނި ކުރުމަށާއި އާ ދިރިއުޅުމެއް ފެށުމަށްޓަކައި ގެދޮރު ތައްޔާރުކުރުމަށް ހިނގާ ހަރަދުތައް ބޮޑުވަމުންދާތީ އެކަމަށް ލުޔެއް ހޯދައިދިނުމުގެ މަގުސަދުގައި ނިންމެވި ނިންމެވުމެކެވެ.
މި އެހީ ލިބޭނީ ބޯހިޔާވަހިކަމުގެ އެހީއަށް ޝަރުތު ހަމަވާ ފަރާތްތަކަށެވެ. މީގެ ސަބަބުން އަލަށް ކައިވެނި ކުރާ ޒުވާނުންނަށް މާލީ ގޮތުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
މި ނިންމެވުމުގެ ކުރިން، ކައިވެނީގެ އެހީއަށް އެދި ހުށަހެޅޭ މަހު މުސާރައިގެ އެންމެ މަތީ މިންގަނޑު 50،000 ދިރުހަމަށްވުރެ ދަށް އަދަދަކަށް މަތިކުރުމަށްވެސް ވަނީ ވަކިން ނިންމަވާފައެވެ.
ޝާރްޖާގެ ސަރުކާރުން އަންނަނީ އެ ސިޓީގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށާއި އާއިލީ ގުޅުންތައް ބަދަހިކުރުމަށް މިފަދަ ގިނަ އިޖުތިމާއީ އެހީތަކެއް ފޯރުކޮށްދެމުންނެވެ.
