ހއ. ހޯރަފުށި އެއަރޕޯޓުގެ ދެތަނެއް ޢިމާރާތް ކުރުމަށް އެމްޓީސީސީ އާ ޙަވާލުކޮށްފިއެވެ.
އެމްޓީސީސީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ހޯރަފުށީ އެއަރޕޯޓުގައި ފެސެންޖަރ ޓަރމިނަލް އާއި ވިޔަފާރި ބިލްޑިންގ ޢިމާރާތްކުރުމަށް އެ ކުންފުންޏާ ޙަވާލުކޮށްފައިވާ ކަމަށެވެ.
ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، 16،131،042ރ އަށެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އައިޝަތު ނަހުލާއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްއެވެ.
މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 80 ދުވަސް ތެރޭގައި އެ މަސައްކަތް ނިންމާ، ޓްރާންސްޕޯޓު މިނިސްޓްރީއާ ހަވާލުކުރާ ގޮތަށެވެ.
