ވަކި ލާރިއަކީ ބައެއް މީހުން އޭގެ ބޭނުން ނުކުރާ ނުވަތަ ކުރާ ހިތްނުވާ އެއްޗެކެވެ. އެހެންނަމަވެސް ޗައިނާގެ މީހަކު އޭނާގެ ދަރިފުޅަށް ވަކިލާރިން ފައިސާ ދައްކައިގެން ކާރެއް ގަނެދީފިއެވެ.
ރިޕޯޓުތައްބުނާ ގޮތުން ޗައިނާގެ މި މީހާ އޭނާގެ ދަރިފުޅަށް ކާރެއް ގަނެދިނީ އޭނާގެ އުމުރުން 18 އަހަރުވީމައެވެ. އެއީ އޭނާއަށް އޭނާގެ ކުޑައިރު އޭނާ ބައްޕަ ވައުދުވެފައިވާ ކަމެކެވެ.
އެ ކާރު ގަތުމަށް އޭނާ ވަނީ 17 ގޯނީގެ ވަކި ލާރި ގެންގޮސްފައެވެ. އެ ކާރުގެ އަގަކީ 51000 ޔުއާން ނުވަތަ 7872 ޑޮލަރެވެ.
އެ ވަކި ލާރިތައް ގުނުމަށް 20 މުވައްޒަފުން ވަނީ ބައިވެރިވެފަައެވެ. އަދި ޖުމުލަ ތިން ގަޑިއިރު ވަނީ އެކަމުގައި ހޭދަވެފައެވެ.
ރިޕޯޓުތައް ބުނާގޮތުން، އޭނާ ވަނީ އޭނާގެ ދަރިފުޅު ކުޑައިރުއްސުރެ އެއްކޮށްގެން ގެންގުޅުނު ލާރިތަކެވެ. އެއްޗެހި ގަނެފައި ބާކީ ލާރިވެސް އޭނާ ވަނީ ފޮއްޓެއްގައި ޖަމާކޮށްފައެވެ. އޭނާ ބުނީ މިއީ 18 އަހަރުވަންދެން އެއްކުރި ލާރި ކަމަށެވެ.
