އަންހެނުންނަކީ މުޖުތަމައުގެ މައިބަދައެވެ. އަންހެނުންގެ މާލީ މިނިވަންކަމާއި ރައްކާތެރިކަމަކީ އުޖާލާ މުސްތަގުބަލަކަށް ވަރަށް މުހިންމު ކަމެކެވެ. މިކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، އެލައިޑް ތަކާފުލް އިން ވަނީ އަންހެނުންނަށް ހާއްސަކޮށްގެން ޝަރީއާ ހުއްދަކުރާ މިންގަނޑުތަކުގެ ތެރެއިން "ކަމަނަ ތަކާފުލް" ގެ ނަމުގައި ޕްލޭނެއް ތައާރަފުކޮށްފައެވެ.

މިއީ ފައިސާ ރައްކާކުރުމާއި، ރައްކާތެރިކަން އަދި ލުއިފަސޭހަކަން އެއް ޕްލޭނަކުން ލިބިގެންދާނެހެން ފަރުމާކޮށްފައިވާ ޕްލޭނެކެވެ. މި ޕްލޭންގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރާއި 50 އަހަރާ ދެމެދުގެ ކަނބަލުން ކަމަށްވާއިރު، ޕްލޭން ނެގޭ އެންމެ މަދު އަދަދަކީ 100،000 ރުފިޔާއެވެ.

މި ޕްލޭންގެ ދަށުން ކޮންމެ ދެ އަހަރަކުން އެއް އަހަރު، ސަމް ކަވާރޑްގެ ޖުމްލަ އަދަދުގެ 5 ޕަސަންޓު، އެމަޖެންސީ ފަންޑެއްގެ ގޮތުގައި ނެގޭނެއެވެ. މީގެ އިތުރުން، ކޮންމެ ތިން އަހަރަކުން އެއް އަހަރު ހިލޭ ކެންސަރ ސްކްރީނިން ހެދުމުގެ ފުރުސަތުވެސް މި ޕްލޭންގެ ދަށުން ލިބިގެންދެއެވެ.

ބޮޑު ބައްޔެއް ޖެހިއްޖެނަމަ ނުވަތަ ދާއިމީކޮށް ނުކުޅެދުންތެރިކަމެއް މެދުވެރިވެއްޖެ ހާލަތެއްގައިވެސް ކަމަނަ ތަކާފުލް އިން ބޮޑު ލުޔެއް ލިބެއެވެ. މިފަދަ ހާލަތެއް މެދުވެރިވުމާއެކު، ސަމް ކަވަރޑްގެ އަދަދު އެއްކޮށް ވަގުތުން ބައިވެރިޔާއަށް ލިބޭނެއެވެ. އަދި އެ ހިސާބުން ފެށިގެން މަހުން މަހަށް ދައްކަންޖެހޭ ފައިސާ ދެއްކުން ހުއްޓި، ޕްލޭންގެ ބާކީ އޮތް މުއްދަތަށް ފައިސާ ދައްކައިދޭނީ އެލައިޑުންނެވެ.

ޕްލޭން ނަގާފައިވާ ފަރާތް ނިޔާވެއްޖެ ހާލަތެއްގައި، އާއިލާއަށް މާލީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ސަމް ކަވަރޑް ޖުމްލަ އަދަދުގެ 100 ޕަސަންޓާއި، އެހާތަނަށް ރައްކާކުރެވިފައިވާ ފައިސާ ވަގުތުން އާއިލާއަށް ލިބޭނެއެވެ. މިސާލަކަށް، 200،000 ރުފިޔާގެ ޕްލޭނަކަށް 4 މަސް ވަންދެން ފައިސާ ދެއްކުމަށްފަހު ނިޔާވި ނަމަވެސް، 200،000 ރުފިޔާގެ އިތުރުން ރައްކާކުރެވުނު ރުފިޔާއާއެކު އާއިލާއަށް ލިބޭނެއެވެ.

ކަމަނަ ތަކާފުލްއަކީ ދުރު ރާސްތާގައި ފައިސާ ރައްކާކުރުމަށްވެސް އޮތް އެންމެ ފުރިހަމަ އެއް ވަސީލަތެވެ. ޕްލޭންގެ މުއްދަތު ހަމަވުމުން، ރައްކާކުރެވިފައިވާ ހުރިހާ ފައިސާއަކާއި އޭގެ ފައިދާ އެއްކޮށް ބައިވެރިޔާއަށް ލިބޭނެއެވެ. ބޮޑު ބައްޔެއް ޖެހިގެން އެލައިޑުން ފައިސާ ދައްކައިދިން ނަމަވެސް، މުއްދަތު ހަމަވުމުން މި ސޭވިންގްސް އާއި ފައިދާ ބައިވެރިޔާއަށް ފުރިހަމައަށް ލިބިގެންދާނެއެވެ.

ކަމަނަ ތަކަފުލްގައި ބައިވެރިވުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ޕްލޭނަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ ނަގުދު ފައިސާއިން، ބޭންކް ޓްރާންސްފާ މެދުވެރިކޮށްވެސް ދެއްކޭނެއެވެ. މި ޕްލޭން ފެށުމަށް ބޭނުންވަނީ ހަމައެކަނި އައިޑީ ކާޑުގެ ކޮޕީއަކާއި ބައެއް ހާލަތްތަކުގައި މެޑިކަލް ރިޕޯޓެކެވެ. މިއަދު ކަމަނަ ތަކަފުލް ހިޔާރުކޮށް، މާލީ މިނިވަންކަމާއެކު އުޖާލާ މުސްތަގުބަލެއް ބިނާކުރުމުގެ މަސައްކަތް ފަށާލުން ބުއްދިވެރިއެވެ.