އަފްޣާނިސްތާނުގެ ކުރީގެ ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ސައިދު އަހުމަދު ސާދާތު ޖަރުމަނުގައި ޕިއްޒާ ޑެލިވަރީ ކުރައްވަން އުޅުއްވަނިކޮށް ނަގާފައިވާ ފޮޓޯތަކެއް މީސް މީޑިއާގައި އާއްމުވެއްޖެއެވެ.
އެގައުމުގެ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު ސާދާތު ޖަރުމަނަށް ވަޑައިގެންނެވީ 2020 ގަ އެވެ. ސާދާތު ވަނީ ކޮމިއުނިކޭޝަން އާއި އިލެކްޓްރޯނިކް އިންޖިނިއަރިން އިން ދެ މާސްޓާސް ޑިގްރީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން ހާސިލް ކުރައްވައިފަ އެވެ.
ޖަރުމަނުގައި ސާދާތު ޕިއްޒާ ޑެލިވަރީ ކުރައްވާ ފޮޓޯތައް އަލްޖަޒީރާ އަރަބިއާ އިން ޓްވީޓް ކުރުމާ ގުޅިގެން އޭނާވަނީ އެކަން ޔަގީންކޮށްދެއްވައިފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޖަރުމަނުގައި ކާބޯތަކެތި ޑެލިވަރީ ކުރުމުގެ މަސައްކަތް ސާދާތު ފެށީ އޭނާގެ އަތުން ފައިސާ ހުސްވުމުން ކަމަށެވެ.
ކޮމިއުނިކޭޝަން ދާއިރާގައި 13 ގައުމެއްގެ 20 އަށް ވުރެ ގިނަ ކުންފުނީގައި ސާދާތު ވަނީ 23 އަހަރު މަސައްކަތް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ސައުދީގެ އަރާމްކޯ އަދި ސައުދީ ޓެލެކޮމް ކޮމްޕެނީ ހިމެނެ އެވެ.
އަފްޣާނިސްތާނުގެ ސިޔާސީ ހާލަތު މިހާރު ވަނީ ހަލަބޮލިކަމަކަށްފަހު ހިމޭން ކަމެއްގެ ތެރޭގައެވެ. އެގޮތުން
އަފްޣާނިސްތާނުގެ ވެރިކަމުގައި މިހާރު ތިބީ ތާލިބާނުންނެވެ.
