ޓައިޕް 2 ޑައިބެޓީސް ހުންނަ މީހުންނަށް އަލްޒައިމާސް ބަލި ޖެހުމުގެ ފުރުސަތު 53 އިންސައްތައަށް އިތުރުކަމަށް، ކާރޓިން ޔުނިވަރސިޓީގެ ފަރާތުން ހެދި އައު ބޮޑު ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާގައި 40 ޢިލްމީ ދިރާސާ ވަނީ ރިވިއުކުރެވިފައެވެ. މި ހޯދުންތަކުން ޓައިޕް 2 ޑައިބެޓީސް ކޮންޓްރޯލްކުރުމުގެ މުހިންމުކަން އިތުރަށް ހާމަވެގެންދެއެވެ.
ދިރާސާކުރާ ފަރާތްތަކުން އަންދާޒާކުރާ ގޮތުގައި، ޓައިޕް 2 ޑައިބެޓީސް ހުންނަ ކޮންމެ 1000 މީހުންގެ ތެރެއިން ގާތްގަނޑަކަށް 5 މީހަކަށް ކޮންމެ އަހަރަކު އަލްޒައިމާސް ބަލި ޖެހެއެވެ. މިއީ ހައިރާންކަން ގެނުވަަނިވި އަދަދެއް ނަމަވެސް، ޑައިބެޓީސް ކޮންޓްރޯލްކުރުމުން އަލްޒައިމާސް ބަލިން ރައްކާތެރިވުމަށް މަގުފަހިވެދާނެ ކަމަށް ފާހަގަކުރެވެއެވެ.
މި ދިރާސާއަކީ ޓައިޕް 2 ޑައިބެޓީސް އާއި އަލްޒައިމާސް ބައްޔާ ދެމެދު އޮތް ގުޅުން ސާފުކޮށްދޭ މުހިންމު ހޯދުމެކެވެ. ކުރިން ގަބޫލުކުރެވިފައި އޮތީ މި ދެ ބައްޔަކީ ވަކި މިނިވަން ދެ ބައްޔެއް ކަމަށެވެ. ނަމަވެސް، މި ހޯދުންތަކުން ދައްކުވައިދެނީ ހަށިގަނޑުގެ މެޓަބޮލިކް ސިއްހަތާއި ސިކުނޑީގެ ސިއްހަތާ ދެމެދު ގާތް ގުޅުމެއް އޮންނަކަމެވެ.
އެހެންކަމުން، ޓައިޕް 2 ޑައިބެޓީސް ހުންނަ މީހުން އެމީހުންގެ ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. މީގެ އިތުރުން، ސިކުނޑީގެ ސިއްހަތު ރަނގަޅު ކުރުމަށް، ކަސްރަތު ކުރުމާއި، ދުޅަހެޔޮ ކާނާ ކެއުން ފަދަ ކަންކަން ކުރުމަކީ މުހިންމު ކަމެކެވެ. މި ދިރާސާގެ ހޯދުންތަކުގެ ސަބަބުން ޓައިޕް 2 ޑައިބެޓީސް އަދި އަލްޒައިމާސް ބަލި ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް އާ މަގުތަކެއް ހުޅުވިގެންދާނެއެވެ.
ހަވާލާ: ސައިންސް ޑެއިލީ 2026.
