މި މަހުގެ 15 އިން 21 އަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 44،139.10 ފްރެއިޓް ޓަނުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްޕީއެލްއިން އާންމުކޮށްފައިވާ ހަފްތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގައި ކްލިއާކުރި މުދަލުގެ ތެރޭގައި ހިމެނެނީ ކޮންޓެއިނަރު ބޯޓުފަހަރުން ގެނައި 40،472.73 ފްރެއިޓް ޓަނުގެ މުދަލާއި ޖެނެރަލް ކާގޯ ބޯޓުފަހަރުން ގެނައި 3،666.37 ފްރެއިޓް ޓަނުގެ މުދަލެވެ. އަދި ޖުމްލަ 1،907 ކޮންސައިންމަންޓެއް ކްލިއާކޮށްފައިވާއިރު، އޭގެ ތެރޭގައި ކޮންޓެއިނަރު ބޯޓުފަހަރުގެ 1،319 ކޮންސައިންމަންޓާއި ޖެނެރަލް ކާގޯ ބޯޓުފަހަރުގެ 588 ކޮންސައިންމަންޓް ހިމެނެއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ބަނދަރަށް ޖުމްލަ 9 ބޯޓެއް ކައިރިކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 2 ކޮންޓެއިނަރު ބޯޓާއި 7 ޖެނެރަލް ކާގޯ ބޯޓެވެ. ހަމައެއާއެކު، މި މުއްދަތުގައި 2 ކޮންޓެއިނަރު ބޯޓާއި 9 ޖެނެރަލް ކާގޯ ބޯޓު ބަނދަރުން ފުރާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮންޓެއިނަރުގެ މުއާމަލާތްތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި ޖުމްލަ 3،146 ޓީއީޔޫގެ ކޮންޓެއިނަރު ބަނދަރުގައި އުފުލައި ބާލާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ބޯޓުފަހަރުން ބޭލި 1،786 ޓީއީޔޫގެ ކޮންޓެއިނަރާއި ބޯޓުފަހަރަށް އެރުވި 1،360 ޓީއީޔޫގެ ކޮންޓެއިނަރެވެ.

މީގެ އިތުރުން، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ 86،017 ޕެކޭޖު މި ހަފްތާގައި އެމްޕީއެލްއިން ވަނީ ކްލިއާކޮށްފައެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ކްލިއާކޮށްފައިވަނީ 21،996 ޕެކޭޖުގެ ބިހާއި، 15،865 ޕެކޭޖުގެ ފިޔާގެ އިތުރުން 11،965 ޕެކޭޖުގެ ކަރާ އަދި 8،186 ޕެކޭޖުގެ އަލުއްވާއި 6،748 ޕެކޭޖުގެ ޓޮމާޓޯއެވެ.