މި އާ ޓެރިފް ތައާރަފުކޮށްފައިވަނީ މާލޭ ކޮމާޝަލް ހާބަރާއި ހުޅުމާލެ ޓާމިނަލުން ކްލިއާކުރާ އެފްސީއެލް ކޮންޓެއިނަރުތަކަށެވެ. އެމްޕީއެލްއިން ބުނީ މި ފިޔަވަޅުގެ މައިގަނޑު މަގުސަދަކީ ބަނދަރުގެ ޔާޑު އޮޕަރޭޝަންތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމާއި، ކޮންޓެއިނަރު އަލުން ރީ-ޝިފްޓް ކުރުމުގައި ދިމާވާ ލަސްތައް ކުޑަކުރުން ކަމަށެވެ.

މި އާ އުސޫލުގެ ދަށުން 20 ފޫޓުގެ އެފްސީއެލް ކޮންޓެއިނަރެއްގެ ޓްރާންސްޕޯޓް މޯޑު ބަދަލުކުރާނަމަ ޖީއެސްޓީ ނުލައި 1،800 ރުފިޔާ ނަގާނެއެވެ. އަދި 8 ޕަސަންޓު ޖީއެސްޓީއާ އެކު އެ އަދަދު އަރާނީ 1،944 ރުފިޔާއަށެވެ.

މީގެ އިތުރުން 40 ފޫޓުގެ އެފްސީއެލް ކޮންޓެއިނަރަކަށް ޖީއެސްޓީ ނުލައި 2،800 ރުފިޔާ ނަގާއިރު، ޖީއެސްޓީއާ އެކު 3،024 ރުފިޔާ ނަގާނެއެވެ. އަދި 45 ފޫޓުގެ ކޮންޓެއިނަރަކަށް ޖީއެސްޓީ ނުލައި 3،000 ރުފިޔާ، އަދި ޖީއެސްޓީއާ އެކު 3،240 ރުފިޔާ ނަގަން ވަނީ ހަމަޖެހިފައެވެ.

މި އާ ޓެރިފަށް އަމަލުކުރަން ފަށާފައިވަނީ ނޮވެމްބަރު 25 ވަނަ ދުވަހުން ފެށިގެންނެވެ. ބަނދަރުގެ ހިދުމަތްތައް ހަލުވިކޮށް ޔާޑުގެ ޖާގަ ބެލެހެއްޓުމަށް އެމްޕީއެލްއިން ދަނީ މިފަދަ އެކި އުސޫލުތައް ތަންފީޒުކުރަމުންނެވެ.