އުރީދޫގެ ފަސޭހަ ހޯމް ބްރޯޑްބޭންޑް ބޭނުން ކުރާ ކަސްޓަމަރުންނަށް 50 ޕަސެންޓު އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް އުރީދޫއިން ފަށައިފިއެވެ.
އުރީދޫއިން ބުނީ އަންނަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި ޕްރޮމޯޝަންގެ ދަށުން ފަސޭހަ ޕްރިޕެއިޑް ޕެކޭޖުތައް ރީޗާޖް ކުރާ ކޮންމެ ފަހަރަކު 50 ޕަސެންޓު ބޯނަސް ޑޭޓާ ލިބޭނެ ކަމަށެވެ.
ފަސޭހަ ބްރޯޑްބޭންޑް ޕެކޭޖުތަކުގެ ތެރެއިން 20 ޖީބީ 399 ރުފިޔާއަށް، 50 ޖީބީ 699 ރުފިޔާއަށް، 60 ޖީބީ 799 ރުފިޔާއަށް، 120 ޖީބީ 1099 ރުފިޔާއަށް، 180 ޖީބީ 1549 ރުފިޔާއަށް އަދި 500 ޖީބީ 3549 ރުފިޔާއަށް ލިބެން ހުރެއެވެ.
އެހެންކަމުން އާ ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި 20 ޖީބީގެ ޕެކޭޖެއް ނެގުމުން އިތުރު 10 ޖީބީ ހިލޭ ލިބޭނެ ކަމަށާއި މީގެ އިތުރުން އެ ޕެކޭޖް ހުސްވުމުން 100 ރުފިޔާއަށް ހަތް ޖީބީ ޑޭޓާ ގަނެވޭނެ ކަމަށްވެސް އުރީދޫއިން މައުލޫމާތު ދެއެވެ.
އުރީދު ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕެކޭޖުތައް އެ ކުންފުނީގެ މޮބައިލް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.
