ޔަމަނުގެ އަވަށެއް ކަމަށްވާ ލަހިޖް ގައި 40 އަހަރަށްފަހު އަހެއް ވިއްސައިފިއެވެ. މިއީ އެ އަވަށުގެ ތާރީހުގައި ލިޔެވޭނޭ ދުވަހެކެވެ.
މި އަސްތަކުގެ ވެރި ފަރާތުން ވަނީ އެއަވަށުގައި އަހެއް ވިއްސޭތޯ ވަރަށް މަސައްކަތް ކޮށްފައެވެ. އެކަމުގައި އެމީހުން ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައިވާކަމަށް އޭ 24 ނޫހުގައި ރިޕޯޓުކޮށްފައި ވެއެވެ.
ލަހިޖް އަކީ ޒަމާނުއްސުރެ އަސް ގެންގުޅުމާއި އަސް ވިއްސާ އާލާކުރުމުގެ ވަރުގަދަ ސަގާފަތެއް އޮތް އަވަށެކެވެ. ލަހިޖް ގައި މުޅިންވެސް ގެންގުޅުނީ ސީދާ އަރަބި އަސްއަހެވެ. މިއީ އެހެން އަސްތަކަށް ވުރެ ރީތި އަދި ހަށިގަނޑުން ވަރުގަދަ އަސްތަކެކެވެ. ނަމަވެސް އެ ޔަމަނުގެ ދާހިލީ ކަންކަން ބޮއްސުން ލައިގެން ގޮސް، އެގައުމުގެ އެރޭގައި އެކި އެކި ހަނގުރާމަތައް ކުރުމުގެ ސަބަބުން އެ އަވަށުގައި އޮތް މި ރީތި ސަގާފަތް ވަނީ މުޅިން ނެތި ގޮސްފައެވެ. އެހެން ކަމުން މި އަސް ވިއްސި ފަރާތުން ބުނާ ގޮތުގައި މިއީ އެ އަވަށުގެ ކާބަފައިންގެ ހައްގުގައި ކުރެވުނު ވަރަށް މަތިވެރި ޖިހާދެއް ކަމަށެވެ. އަދި އެފަރާތުގެ މި މަސައްކަތް އިތުރަށް ކުރިއެރުވުމަށް އެ ގައުމުގެ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނޭ ކަމަށް އެމީހުން އުންމީދު ކުރާކަމަށްވެސް ވަނީ ބުނެފައެވެ.
ގައުމުތަކާއި އަވަށްތަކާއި އަދި ރަށްރަށުގައި ހުންނަ މިފަދަ އާދަތަކާއި ސަގާފަތް ތަކަކީ އާލާކޮށް ދިރުވަން ޖެހޭ މުހިންމު ކަންތައްތަކެވެ. ލަހިޖްގައި މި ސަގާފަތް ޒަމާންތަކަަކަށް ނެތުމަށްފަހު އަލުން ފެނުމުން އެއަވަށުގެ އިސް ރަށްވެހިން އެކަމާ އުފާކުރެއެވެ.
