1987 ވަނަ އަހަރު ނޯރތު ކޮރެއާގެ ވެރިރަށް ކަމަށްވާ ޔޮންގޔެންގ ސިޓީގައި ދިގުމިނުގައި 1000 ފޫޓަށްވުރެ ދިގު ޕިރަމިޑެއްގެ ބައްޓަމަށް ހުންނަ ހޮޓަލެއްގެ މަސައްކަތް ފެށިއެވެ. މިހޮޓެލް ފަރުމާކުރެވިފައިވަނީ 3000 ކޮޓަރިއާއި އެކު 5 ރެސްޓޯރެންޓް ހިމެނޭ ގޮތަށެވެ. މިހޮޓެލަށް ރޫޔޮންގ ހޮޓެލް، މިނަންދެވިފައިވަނީ އޭރު ޔޮންގެންގ ސިޓީގައި ވަރަށް މަޝްޙޫރު މޮނިކަރ އެއް- މާނައަކީ "ކެޕިޓަލް އޮފް ވިލޯސް" ގެ ނަން ރަމްޒުވާ ގޮތަށެވެ.

މިހޮޓެލްގެ މަސައްކަތް ނިމުނުތާ 2 އަހަރުފަހުން ހުޅުވަން ނިންމި ކަމުގައިވިޔަސް އަދިވެސް ހުރީ އެހުރިގޮތަށް ނުހުޅުވައެވެ. 1992 ވަނަ އަހަރު ތާވަލުކުރެވިފައިވާ ގޮތަށް ހޮޓެލްގެ ޑިޒައިނާއި އެއްގޮތަށް މަސައްކަތް ނިމުނުކަމުގައިވިޔަސް ފާއިތުވި 16 އަހަރުވަންދެން ޢިމާރާތް ހުރީ އެއްވެސް ކުޑަދޮރެއްނެތި އެތެރެހުސްކޮށް އެއްވެސް ކަހަލަ ބޭނުމެއް ނުކުރާ ޢިމާރާތެއްގެ ގޮތުގައެވެ. އެހާބޮޑު ޢިމާރާތެއް އެއްވެސް ކަމެއްނެތި ބޭކާރު ގޮތުގައި ހުރުމުގެ ސަބަބުން ނޯރތު ކޮރެއާ މީހުންވަނީ އެއިމާރާތަށް އެކިއެކި ނަންނަމުން ބޭނުންކުރަން ފަށާފައެވެ. އެގޮތުން "މޮންސްޓަރ ބިލްޑިންގ" އަދި "ހޮޓެލް އޮފް ޑޫމް" ފަދަ ނަންތައް އިމާރާތަށް ކިޔައެވެ.

މިޢިމާރާތް ފަރުމާކުރެވިފައިވަނީ ދަގަނޑު އަދި ބިއްލޫރި ފަދަ ތަކެތި ބޭނުންކޮށްގެން ކަމުން ފަހުންއައިސް މީހުންތައްވަނީ އެއިމާރާތުގައި އެކިކުލަކުލައިގެ އަލިގަދަ ބޮކިތައް ބޭނުންކޮށްގެން ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލަކަށް ހަދާފައެވެ. އެތަނުގެ ޢިމާރާތްކުރުމުގެ މަސައްކަތް ދޭތެރެ ދޭތެރެއިން ކުރަމުންދާކަމަށް ނޯތު ކޮރެއާގެ މީހުންބުނެއެވެ. އެހެންކަމުން އެތަން ފަތުރުވެރިންނަށް ހުޅުވާލާނެ ދުވަހަކަށް އެމީހުން އިންތިޒާރު ކުރެއެވެ. އެހާބޮޑު ވަރުގަދަ ޢިމާރާތެއް ހޮޓެލްއެއް ގޮތަށް ފަރުމާކޮށް އަދިއަދަށްވެސް އެތަން ނުހުޅުވާ ކަމުގެ ސިއްރެއް އެއްވެސް މީހަކަށް ނޭގެއެވެ.

މިއަދާހަމަޔަށްވެސް އެއްވެސް ބޭނުމެއް ނުކޮށްހުރި ރޫޔޮންގ ހޮޓެލް އަކީ ދުނިޔޭގައިވާ އެންމެ ދިގު ހުސްކޮށްހުރި ޢިމާރާތެވެ.