ޒީނަތްތެރިވުމަށް ބޭނުންވާ ތަފާތު އެކި ބްރޭންޑްތަކުގެ ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ކުރަމުންދާ، ޕޮއިންޓްކަލެކްޝަންގެ ޚިދުމަތް އިތުރަށް ފުޅާކޮށް ކަސްޓަމަރުންނާއި ގާތަށް އެއް ފިޔަވަޅު ޖެހިލައިފިއެވެ. ޕޮއިންޓްކަލެކްޝަންއަކީ ކުރިން ހޯލްސޭލް ވިޔަފާރިއަށް ޚާއްސަ ބައެއް ނަމަވެސް މިހާރު މި ވަނީ އޮންލައިކޮށް ރީޓެލްކޮށް ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ފަހިކޮށްދީފައެވެ.

  ކޮވިޑް-19 ޚާއްސަ ޙާލަތުގައި ގޭގައި ތިބެގެން، ޕޮއިންޓް ކަލެއްޝަނުން މިހާރު ވިޔަފާރި ކުރެވޭނެ އެވެ. ވެބްސައިޓް މެދުވެރިކޮށް  އޯޑަރ ކޮށްލުމުން ބޭނުންވާ ތަނަކަށް ގެންގޮސް ދޭނެއެވެ. ރީޓެއިލްކޮށް ވިޔަފާރި ކުރާ ފަރާތްތަކާއި ހޯލްސޭލްކޮށް މުދާ ނަގާ ފަރާތްތަކުގެ މުދާ ވެސް މާލެ އާއި ހުޅުމާލެއަށް ޑެލިވަރ ކުރުމުގެ އަވަސް ޚިދުމަށް މިހާރު ވަނީ ފަހިކޮށްދީފައެވެ. މީގެ ތެރޭގައި އަތޮޅުތެރެއަށް މުދާ ގެންދާ ފަރާތްތަކަށް ދޯންޏަށް ޑެލިވަރު ކުރުންވެސް ހިމެނެއެވެ.

ޕޮއިންޓްކަލެކްޝަނުން ވިއްކާ ބާވަތްތަކުގެ ތެރޭގައި އެންމެ ބޮޑު މަޤްބޫލުކަމެއް ލިބިފައިވާ، އަރކޯ ބްރޭންޑްގެ ތުނބުޅި ބާލާ ތިލަ، ފޯމް އަދި ކޮލޯން ގަންނަން ބޭނުންވާ ފަރާތްތަކަށް ވަރަށް ފަސޭހަ ކަމާއެކު އެކަން ކުރެވޭނެ މަގު މިހާރު ވަނީ ފަހި ވެފައެވެ. މީގެ އިތުރުންވެސް ބޮޑީ ސްޕްރޭ އާއި ސެންޓްހިމެނޭހެން ވަރަށް ގިނަ ވައްތަރުގެ މަޝްހޫރު ބްރޭންޑްތައް ލިބެން ހުންނާނެއެވެ.

އޮންލައިންކޮށް ވިޔަފާރި ކުރުމުގެ އިތުރުން، ހ. ޕޮއިންޓް ހަވާ އެއްވަނަ ފަންގިފިލާފައިވާ ޝޯރޫމް ހުޅުވިފައި ހުންނަ ކޮންމެ ގަޑިއަކު ޝޯރޫމަށް ޒިޔާރަތްކޮށްގެންވެސް ވިޔަފާރިކުރުމުގެ ފުރުސަތުވަނީ ހުޅުވިފައެވެ. 6 އައިޓަމަށް ވުރެ ގިނައިން ގަންނަ ފަރާތްތަކަށް ހޯލްސޭލް އަގުގައި މުދާ ލިބޭނެއެވެ. އެއްވައްތަރަކުން 12 އައިޓަމް ނަގާނަމަ ހިލޭ ޓެސްޓަރ އެއްވެސް ލިބޭނެއެވެ

ޕޮއިންޓް ކަލެކްޝަންގެ ޚިދުމަތްތަކާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން sales@pointcollection.com.mv

  އަށް މެއިލް ކޮށްލުމުން ނުވަތަ 7442324 އާއި ގުޅުއްވައިގެން އެކަން ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ޝޯރޫމުން މައުލޫމާތުދެއެވެ.