ދިރާގުގެ އޭޑިއެސްއެލްގެ ހިދުމަތް ބޭނުން ކުރާ ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލައި ދިރާގުގެ ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑަކަށް ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިރާގުގެ އޭޑީއެސްއެލް ކަސްޓަމަރުންނަށް ހުޅުވާލި މި ފުރުސަތު މި މަހުގެ ނިޔަލަށް ކުރިޔަށްދާނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
ދިރާގުން ބުނީ، މި ފުރުސަތަކީ އޭޑީއެސްއެލްގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ އަވަސް ފައިބާ ނެޓްވޯކްއަށް ފަސޭހަކަމާއި އިތުރު ހަރަދެއް ނެތްގޮތަށް ބަދަލުކުރަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.
މި ހާއްސަ ފުރުސަތުގައި އިތުރު ހަރަދަކާ ނުލައި ފައިބާ ބްރޯޑްބޭންޑަކަށް އޭޑީއެސްއެލް ބަދަލުކުރުމުގެ އިތުރުން ކަސްޓަމަރުންނަށް ހިލޭ ރައުޓަރެއްވެސް ލިބޭނެކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގު ފައިބާ ބްރޯޑްބޭންޑާއެކީ ކަސްޓަމަރުންނަށް އިތުރު ޑޭޓާ އެލަވަންސްއާއި އަވަސް ސްޕީޑުގެ ގިނަ ބާވަތުގެ ޕެކޭޖުތަކެއް ލިބުމުގެ އިތުރުން އިތުބާރު ކުރެވޭ އަދި ސެކިއޯ ނެޓްވޯކްއެއް ލިބިގެންދާނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ދިރާގުގެ ހައި ސްޕީޑް ބްރޯޑްބޭންޑު ރާއްޖޭގެ 80 ޕަސަންޓު ގޭބީސީ ތަކުން ލިބޭއިރު، މި ހިދުމަތް ދިރާގުން ރާއްޖޭގެ 60 ރަށަކަށް ފޯރުކޮށްދެއެވެ. އޭޑީއެސްއެލް ކަސްޓަމަރުންނަށް ދިރާގުގެ މައި އެކައުންޓު ބޭނުންކޮށްގެން ފައިބާ ބްރޯޑްބޭންޑަކަށް އަޕްޑޭޓު ކުރެވޭނެއެވެ.
