ރަގަޅު ސިއްޙަތެއްގައި ހުރުމަށް ކާތަކެތީގެ ބާވަތާއި މިންވަރު އެއީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ދެ ކަމެކެވެ. އެއް ބާވަތްތަކެއް ހިމަނައިގެން ތައްޔާރު ކުރާ ކާތަކެއްޗަށް ގެނެވޭ ކުޑަކުޑަ ބަދަލަކުން އޭގައި ހިމެނޭ ކެލޮރީގެ އަދަދު ހީނުކުރާ ވަރަށް ތަފާތު ވެގެން ދެއެވެ. އޮސްޓްރޭލިޔާގެ ބްރިސްބަން ގެ ޑައެޓިޝަނެއްކަމަށްވާ ޕައުލާ ނޮރިސް ވަނީ މިފަދަ އެތައް މިސާލެއް ކިޔުންތެރިންނަށް ދައްކާ އޭގައިވާ ކެލޮރީގެ ތަފާތު ދެނެގަނެވޭތޯ ސުވާލުކޮށްފައެވެ. އޭނާގެ 112،000 ފޮލޮވާރސް ހިމެނޭ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާކޮށްފައިވާ މި ފޮޓޯތައް ބަލާލުމުން ބޮޑު ތަފާތެއް ނުފެނެއެވެ. ނަމަވެސް މީގެ ބައެއް ތަށީގައި 500 ކެލޮރީއާއި ހަމައަށް ތަފާތު ހުރެއެވެ. މިސާލަކަށް ބަލާނަމަ މަތީގައިވާ ފޮޓޯގައި ހިމެނޭ ބާވަތްތަކާއި އަދަދަށް ނަޒަރު ހިންގާލަމާ ހިނގާށެވެ.
|
ވާތް ފަރާތުގައިވާ ތަށީގައި: |
ކަނާތް ފަރާތުގައިވާ ތަށީގައި: |
| 200 ގްރާމް ކުކުޅު، 2 ސަމުސާ ތެލުގައި ރޯފިލުވާލާފައި | 100 ގްރާމް ކުކުޅު، 2 ސަމުސާ ތެލުގައި ރޯފިލުވާލާފައި. |
| 1 ޖޯޑު ބަތް | 100 ގްރާމް ބްލެކް ބީންސް |
| ބައި ކެރެޓް | ބައި ޖޯޑު ބަތް |
| ބައި ޖޯޑު ލެޓިއުސް | 1 ކެރެޓް |
| 1 ކިއުކަމްބަރ | 1 ޖޯޑު ލެޓިއުސް |
| 6 ޗެރީ ޓޮމާޓޯ | 2 ކިއުކަމްބަރ |
| ބައި އެވަކާޑޯ | 8 ޗެރީ ޓޮމާޓޯ |
| 2 ސަމުސާ ބަރަބޯ އޮށް | 1/4 އެވަކާޑޯ |
| 1 ސަމުސާ ބަރަބޯ އޮށް |
ދެތަށީގެ ތެރެއިން އެއްތަށީގައި ހިމެނޭ އެއްގަމު މަހުގެ އަދަދު މަދުކޮށް، ބްލެކް ބީންސް އިތުރުކޮށް، ތަރުކާރީ އިތުރުކޮށްލުމުން އޭގައި ހިމެނޭ ކެލޮރީއަށް ވަނީ 300 ގެ ތަފާތެއް އައިސްފައެވެ.





ޕައުލާގެ މި ލިޔުމަށް ގިނަ ބަޔަކު ޚިޔާލުފާޅުކޮށް ލިޔެފައިވާ އިރު ގިނަ ބަޔަކު ވަނީ މިއީ ވަރަށް މުހިންމު މައުލޫމާތެއްކަމަށް ފާހަގަ ކޮށްފައެވެ. ތައްޓަކަށް އެއްވަރަށް އެޅޭ ކާތަކެއްޗަށް ގެނެވޭ ކުޑަ ބަދަލަކުން ކެލޮރީއަށް މިވަރުގެ ބޮޑު ބަދަލެއް އަންނަކަން އެނގެންއޮތުމަކީ ބަރުދަން އިތުރުކުރަން އަދި ލުއި ކުރަން މަސައްކަތް ކުރާ ފަރާތްތަކަށްވެސް ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމެކެވެ.
