ދިރާގުން ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް 3، 5ޖީ އަށް ޕްރީއޯޑަރ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

ދިރާގުން ބުނީ، ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ ފްލޭގްޝިޕް ފޯނު ގެލެކްސީ ޒީ ފޯލްޑް3ގެ 5ޖީ، މިހާރު ޕްރީ އޯޑަރު ކުރެވޭނެ ކަމަށެވެ.

ދިރާގު މެދުވެރިކޮށް ފޯނުތައް ޕްރީ-އޯޑަރު ކުރައްވާ ކަސްޓަމަރުންނަށް ހަ މަސްދުވަހުގެ 10 ޖީބީ ހިލޭ ޑޭޓާގެ އިތުރުން ދިރާގުން މި ފޯނަށް ޕްރީ އޯޑަރު ކުރައްވާ ކަސްޓަމަރުންނަށް ގެލެކްސީ ބަޑްސް2 ހަދިޔާއެއްގެ ގޮތުގައި ލިބޭނެކަމަށްވެސް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ، ބޮޑު ސްކްރީނަކުން ފެށިގެން ފަތްޖަހާލެވޭ ގޮތަށް ފަރުމާކޮށްފައިވާ، މި ތަފާތު އަދި އާ އީޖާދީ ފޯނު މެދުވެރިކޮށް ކަސްޓަމަރުންނަށް މަސައްކަތް ކުރުމާއި މުނިފޫހިފިލުވުމުގެ ކަންކަން ކުރުމުގެ ތަފާތު ތަޖުރިބާ ކުރެވޭނެ ކަމަށެވެ.

މޮބައިލް ފޯނު ގެންގުޅުމުގައި މުޅިން އާ ތަޖުރިބާއެއް ކުރެވޭނެ ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް 3 5ޖީ އަކީ، ސެމްސަންގްގެ ފަތްޖަހާލެވޭ ފޯނުތަކުގެ ތިން ވަނަ ޖެނެރޭޝަންގެ ފޯނުގެ އިތުރުން މި ފޯނަކީ ދުނިޔޭގެ ފުރަތަމަ އަންޑާ ޑިސްޕްލޭ ކެމެރާއެއް ހިމެނޭ ފަތްޖަހާލެވޭ ފޯނެވެ.

ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް 3، ދިރާގު 5ޖީ އަދި ދިރާގު އީ-ސިމް ސަޕޯޓްކުރާނެއެވެ. އަދި އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ވަރަށް ފަސޭހަކަމާއެކު ޕްރީއޯޑަރު ކުރެވޭނެއެވެ.