ނުޝްރަތު ބަޗޫރާގެ “ޗޯރީ” އަންނަ ނޮވެމްބަރު މަހު ރިލީޒްކުރަން ތާވަލްކޮށްފިއެވެ. “ޗޯރީ” ވެސް އަންނާނީ އެމޭޒޯން ޕްރައިމް ވީޑިއޯ އަށެވެ. ވިޝާލް ފޫރިއާ ޑައިރެކްޓްކުރި އެ ފިލްމުގެ މޯޝަން ޕޯސްޓަރު ވެސް މިހާރު ދައްކާލާފައިވާއިރު “ޗޯރީ" އަކީ ވިޝާލް 2017 ގައި ގެނެސްދިން މަރާޓީ ފިލްމު "ލަޕަޗައްޕީ" ގެ ރިމޭކެކެވެ. ނުޝްރަތު މީގެ ކުރިން މީޑިޔާތަކާއި ވާހަކަދައްކަމުން ބުނެފައިވަނީ އޭނާގެ ތަފާތު ރޯލެއް އެ ފިލްމުގައި ފެންނާނެ ކަމަށެވެ. މި ފިލްމުގައި ނުޝްރަތުގެ އިތުރުން ދެން ފެންނާނީ މިތާ ވަޝިސްތު، ރާޖޭޝް ޖައިސް، ޝަގޫން ޝަރުމާ އަދި ސޯރަބް ގޯޔަލް އެވެ. މިފިލްމު އަޅުވަން ނިންމާފައިވަނީ ނޮވެމްބަރު މަހުގެ ކޮން ދުވަހެއްގައި ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މުނިފޫހިފިލުވުން
"ޗޯރީ" ނޮވެމްބަރު މަހު ރިލީޒް ކުރަނީ

އެހެނިހެން ލިޔުން