އަކަންސާ ރަންޖަން އަކީ އޭނާ ގެ ދުނިޔެ ކަމުގައި އާލިއާ ބަޓް ބުނެފިއެވެ.

އާލިއާ މިހެން ބުނެފައިވަނީ އަކަންސާ ގެ އުފަން ދުވަހުގެ ތަހުނިޔާ ކިޔުމަށް އާލިއާގެ އިންސްޓާގުރާމުގައި ލިޔެފައިވާ ޕޯސްޓެއްގައިއެވެ. އޭނާ ޝެއާރ ކުރި ޕޯސްޓް ގައި އޭނާ ވަނީ އަކަންސާއާއި އާލިއާ ދާދި ފަހުން ދިވެހި ރާއްޖޭގައި ޗުއްޓީ ހޭދަ ކުރިއިރު ނަގާފައިވާ ފޮޓޯއެއްވެސް ހިމަނާފައިވެއެވެ.

މިޕޯސްޓް ޝެއާރ ކުރުމާއި އެކުހެން ގިނަ ބަޔަކު ވަނީ އަކަންސާ އަށް އުފަން ދުވަހުގެ ތަހުނިޔާކިޔާ އެ ޕޯސްޓް ގައި ކޮމަންޓުކޮށްފައިއެވެ.

އަކަންސާ އެންމެ ފުރަތަމަ ކުޅެފައިވަނީ ނެޓްފްލިކްސްގެ ފިލްމެއް ކަމުގައިވާ ގިލްޓީއެވެ. އަކަންސާ އާންމުންނައް ދެން ފެނިގެންދާނީ ނެޓްފިލްކްސް އިން ނެރޭ "މޮނިކާ:- އޯ މައި ޑާލިގް" އިންނެވެ.

އާލިއާ އެންމެ އަވަހަށް އާންމުންނަށް ފެނިގެންދާނީ ސަންޖޭ ލީލާ ބަންސާލީ ގެ ގަންގޫބާއީ ކަތިއަވާޑީ އިންނެވެ. މި ފިލްމުގެ އިތުރުން އާލިއާ އަންނަނީ ބްރާހްމަސްތުރާ، އާރްއާރްއާރް އަދި ރޮކީ އޯރް ރާނީ ކީ ޕުރޭމް ކަހާނީ ގެ މަސައްކަތްވެސް ކުރަމުންނެވެ.