ސްޕޭނަށް ނިސްބަތްވާ މަސްހޫރު ޕޮޕް ލަވަ ކިޔުންތެރިޔާ އެންރީކޭ އެގްލޭސިއަސް އޭނާގެ އެންމެ ފަހުގެ އަލްބަމް ނެރެފިއެވެ. އޭނާ ނެރެފައިވާ އަލްބަމްގެ ނަމަކީ "ފައިނަލް: ވޮލިއުމް 1" އެވެ. މި އަލްބަމް އޭނާ ނެރެފައިވަނީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. މި އަލްމަބް އޭނާ ނެރެފައިވަނީ އޭނާ އެންމެ ފަހުން ނެރުން "ސެކްސް & ލަވް" ނެރުންތާ 7 އަހަރު ފަހުންނެވެ.

މިއަލްބަމް ނެރުންކަން އޭނާ ހާމަކޮށްފައިވަނީ އޭނާ އިންސްޓާގުރާމް ޕޭޖުގައިއެވެ.

މީގެ ކުރިން އޭނާ އިންސްޓާގުރާމް ލައިވް އެއްގައި ބުނެފައިވާ ގޮތުގައި މި އަލްބަމް ވެގެން ދާނީ އޭނާގެ އެންމެ ފަހު އަލްބަމް އަށް ކަމަށާއި މި އަލްބަމް ނެރެވިގެންދާނީ 2 ބަޔަކަށް ބަހާލެވިގެންކަމަށެވެ. އޭނާ އިތުރަށް ބުނި ގޮތުގައި ލަވަކިޔުމާއި ދުރަށް ދާން ވިސްނަންފެށީ 2015 ވަނަ އަހަރުކަމަށާއި މިހާރު މިކަން ހުއްޓާލަން ނިންމާފައިވާކަމަށެވެ.

އޭނާ މިފަހަރު ނެރުން މި އަލްބަމް ގައި ޖުމްލަ 11 ލަވައެއް ހިމެނެއެވެ.