އިންޑިޔާގެ އަންހެނަކު ކުޑަ ފިރިހެން ކުއްޖަކަށް ގޯނާކުރުމުން 20،000 ރުޕީސް އިން ޖޫރިމަނާކޮށް 20 އަހަރަށް ޖަލަށް ލައިފިއެވެ. ރިޕޯޓުތައް ބުނާގޮތުން އެއީ އުމުރުން 27 އަހަރުގެ އަންހެނެކެވެ.
މި ކުއްޖާގެ ބައްޕައާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން މި ކުއްޖާއަށް ވަނީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާލިބިފައެވެ. އަދި ޖިންސީ އަނިޔާވެސް ލިބިފައިވާކަމަށް އެކުއްޖާގެ ބައްޕަ މީޑިއާތަކަށް ބުނެފައިވެއެވެ.
އެކުއްޖާގެ ގައިގެ ބައެއް ތަންތަން ނޫފާ ގަނެފައި ހުރިކަމަށާއި އެތަން ތަނަށް ތަދުވާތީ އެކުއްޖާ ރޯކަމަށްވެސް އެކުއްޖާގެ ބައްޕަވަނީ މީޑިއާއަށް ކިޔައިދީފައެވެ.
އިންޑިޔާގެ ޕްރީސުކޫލެއްގައި ކެއާރ ޓޭކާއެއްގެ މަގާމު އަދާކުރަމުންދާ މި އަންހެން މީހާ ވަނީ އެ ކުއްޖާ ފާހާނާއަށް ދާން ބޭނުން ވުމުން އެކުއްޖާ އާއެކު ގޮސް އެކުއްޖާއަށް ޖިންސީ ގޯނާވެސް ކޮށްފައެވެ. މިކަން ހާމަވެފައިވަނީ އެ ސުކޫލުގެ އެހެން މުވައްޒަފެއްގެ ފަރާތުންނެވެ.
މި މައްސަލަ ފެންމަތިވެ ކޯޓުގައި ޝަރީއަތް ކުރަމުން ދަނިކޮށް މި އަންހެންމީހާވަނީ މިކަމަށް އަމިއްލައަށް އިއުތިރާފުވެފަައެވެ.
އިންޑިޔާގައި ކުޑަކުދިންނަށް ގޯނާ ކުރުމާއި ޖިންސީ އަނިޔާތައް ކުރުމަކީ ވަރަށްވެސް އާންމު ކަމެކެވެ. އެކަމުގައި ޖިންސެއް ތަފާތުކުރުމެއް އެގައުމުގައި ނޯންނަކަމަށް ރިޕޯޓުތައް ބުނެއެވެ.
