ދުނިޔޭގެ ސަތަހައިން ކަނޑުގެ އިންސައްތަ އަކީ ބޮޑު އިންސައްތައެއް. އެއީ ދުނިޔޭގެ 70 އިންސައްތަ ކަމަށް ސައިންސުވެރިން ބުނޭ. ކަނޑުތަކަކީ އެތަނުގައި ވަރަށް އާދަޔާހިލާފު އަދި ވަރަށް ތަފާތު ވައްތަރުގެ ދިރުންތައް އުޅޭތަނެއް.
މިހާތަނަށް ރިކޯޑު ކުރެވިފައިވާ ގޮތުން ދުނިޔޭގެ ކަނޑުތަކުގައި 240،470 ބާވަތެއްގެ ދިރުންވޭ. މި ދިރުންތައް ނިސްބަތްވަނީ ދުނިޔޭގެ ކަނޑުތަކުގެ އެކި ހިސާބު ތަކަށް. އެހެނީ ކަނޑުތަކުގެ ފިނި ހިސާބުތަކުގައި ނޫޅެވޭ ދިރުންތައް ހުރޭ. އަދި ހޫނު ހިސާބު ތަކުގައި ދިރިނޫޅެވޭ ދިރުންތައް ހުރޭ. ވަކިފުންމިނެއްގައި ނޫނީ ނޫޅެވޭ ދިރުންތައްވެސް ހިމެނޭ. ކަނޑުއަޑީގެ ބަގީޗާތަކުގައި ހުންނަ މުރަކަ އާއި ގަސްގަހާގެހިވެސް މި ލިސްޓުގައި ހިމެނޭ. ސައިންސުވެރިން ދެކިލައްވާ ގޮތުގައި މި އަދަދަކީ އަދި ކުޑަ އަދަދެއް. މިއީ މިހާތަނަށް ހޯދުނު މިންވަރު. ސައިންސުވެރިން ގަބޫލު ކުރާގޮތުގައި ސައިންސުވެރިންނަށް ނުފެންނަ އެތައް ހާސް ބާވަތެއްގެ ދިރުން ކަނޑުގައި ވާނެ. ކަނޑުތަކުގެ ހަގީގަތް އެންމެ ފުނާ ޖެހެންދެން ހޯދުމަކީ ހަނދަށް ދިއުމަށްވުރެ އުނދަގޫ ކަމެއް ކަމަށް ބައެއް ސައިންސުވެރިން ބުނޭ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން