އެފްރިކާ އަކީ ވައިލްޑް ޕޯލިއޯ އެއްކޮށް ނަތްތާލެވިފައިވާ ސަރަޙައްދެއް ކަމަށް އެސަރަޙައްދުގެ މިނިވަން މުވައްސަސާއެއް ކަމަށްވާ ދަ އެފްރިކާ ރީޖަނަލް ސެޓްފިކޭޝަން ކޮމިޝަނުން ނިންމައިފިއެވެ.

ޕޯލިއޯއަކީ އާންމުކޮށް ފަސްއަހަރުން ދަށުގެ ކުޑަކުދިންނަށް ޖެހޭ ބައްޔެކެވެ. މިބަލި ޖެހުމުގެ ސަބަބުން ބައެއްފަހަރު މީހާ އެއްކޮށް ވާގިނެތި އަދި ނޭވާލުމުގެ ނިޒާމަށް އަސަރުކޮށްފިނަމަ ފުރާނައަށް ނުރައްކާ ވާފަދަ ކަންކަމާ ކުރިމަތިލާންޖެހެއެވެ. މީގެ ފަންސަވީހަކަށް އަހަރު ކުރިން އެފްރިކާގެ އެތަކެއްހާސް ކުޑަކުދިންނަށް ޕޯލިއޯ ޖެހުމުގެ ސަބަބުން ވާގިނެތިފައިވެއެވެ. އެހެންނަމަވެސް މިއަދާހަމައަށްވެސް ޕޯލިއޯއަކީ ފަރުވާއެއް ނެތް ބައްޔެއްގެ ގޮތުގައި ކަނޑައެޅި އެބަލިން ރައްކާތެރިވުމަށްޓަކައި ވެކްސިން ދެމުން ދެއެވެ.

ފާއިތުވި ބާރަމަސް ތެރޭގައި ޕޯލިއޯ ފެނިފައިވާ ގައުމުތަކުގެ ތެރޭގައި ޕާކިސްތާން، އަފްގާނިސްތާން އަދި ނައިޖީރިއާ ހިމެނެއެވެ. ނައިޖީރިއާ އަކީ އެފްރިކާގެ ގައުމުތަކުގެ ތެރެއިން ޕޯލިއޯ ނައްތާނުލެވި އޮތް ހަމައެކަނި ގައުމެވެ. އެހެންނަމަވެސް މީގެ ގަރުނެއް ކުރިން މުޅިދުނިޔޭގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަމީހުން ޕޯލިއޯ ޖެހިފައިވާ ނައިޖީރިއާ އިން މިބަލި އެއްކޮށް ނަތްތާލެވި މިހާރު މުޅިއެފްރިކާ މިވަނީ ޕޯލިއޯ ފްރީ ސަރަޙައްދެއްގޮތުގައި ކަނޑައަޅާފައެވެ.