ދުނިޔޭގެ އެންމެ ބޮޑު "އާޓް ޕީސް" އިމާރާތް ދުބާއީގައި ހުޅުވަން ތައްޔާރުވެއްޖެއެވެ.
ފަންނުވެރިކަމުގެ އެކި މަސައްކަތްތައް ފެނިގެންދާ ގޮތަށް މި އިމާރާތް 2026 ގައި ނިންމާލެވޭނެކަމަށް ރިޕޯޓުތައް ބުނެއެވެ. ފަންސާސް ބުރިއަށް އިމާރާތް ކުރާ މި އިމާރާތުގެ އުސްމިނުގައި 170 މީޓަރު ހުންނާނެއެވެ.
މި އިމާރާތުގައި ޝޮޕިން ސެންޓަރަކާއި، އާޓް ގެލަރީސް، ރެސްޓޯރެންޓުތަކުގެ އިތުރުން ލަގްޒަރީ ފެންވަރުގެ ހޮޓަލަކާއި އެޕާޓްމެންޓުތައް ހުންނާނެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ޓަވަރު އިމާރާތް ކުރުމުގެ މަސައްކަތް ފެށޭވަރު ވާނީ 2023 ވަނަ އަހަރުގައެވެ.
ފަންނުވެރިކަމުގެ އެކި އުފެއްދުންތައް އާންމުންނަށް ފެންނާނެ ގޮތަށް މި އާޓް ޓަވަރުގައި ހުންނައިރު މިތަނުގައި އެކި ބޭނުންތައް ހިފޭނޭ ގޮތަށް ހުންނާނެއެވެ. އަދި މިއީ އާޓްގެ ދާއިރާއިން ކުރިޔަށް ދާން ބޭނުންވާ ފަރާތްތަކަށް އެފަރާތްތަކުގެ މަސައްކަތްތައް ފެންނާނެ ގޮތަށް ހުންނާނެ ތަނެއް ކަމަށްވެސް ބެލެވެއެވެ.
ދުބާއީ އަކީ ދުނިޔޭގައި އުމްރާނީގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ އެއް ގައުމެވެ. އެންމެ އުސް އިމާރާތުން ފެށިގެން އެންމެ ބޮޑު ހަރަދެއް ކޮށްފައި އިމާރާތް ކުރާ ތަންތަންވެސް ހުރީ އެ ގައުމުގައިކަން ފާހަގަ ކުރެވެއެވެ. އެގައުމުގެ ބިނާވެށި ބައްޓަން ކުރުމުގައި މިފަދަ ވިސްނުންތައް އިސްކުރާކަމަށް ރިޕޯޓުތައް ބުނެއެވެ.
