23:17 މި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިއްޖެ ކަމަށް އެމް.އެން.ޑީ.އެފް އިން މައުލޫމާތު ދޭ. މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބިގެން ރިޕޯޓް ކޮށްފައެއް ނުވޭ.

23:10 އެއްވެސް ބަޔަކު އިވެކުއޭޓް ކުރަން ޖެހިއްޖެ ނަމަ، ކަލާފާނު ސްކޫލަށް މީހުން ގެންދަން އެންޑީއެމްއޭއިން އެ ތަން ތައްޔާރުކުރަމުން އަންނަ ކަމަށް، މިނިސްޓަރު މާރިޔާ ވިދާޅުވެއްޖެ.

23:05 - އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގެ ގެތަކުގައި ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ނުވަތަ، ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކާ ކޮންޓެކްޓް ވެގެން ހޯމް ކަރަންޓީނުގައިވާ ފަރާތެއްވާ ނަމަ އެޗް.ޕީ.އޭގެ 1676 އަށް އަވަހަށް ގުޅާ އެކަން އެންގުމަށް އެޗް.ޕީ.އޭ އިން އެދިލައްވާ

22:53 - ކެފޭ ޓިއޯލޯ އެއްކޮށް އަނދާހުލިވެ، ހ. ސަންލީޓްގައި ހިފި އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފައި. އެއަރޕޯޓް ފަޔަރ އެންޑް ރެސްކިއުގެ އެހީތެރިކަމަށް އެދުމުން އެއއަރޕޯޓް ގެ ފަޔަރ ލޮރީ އެއް ވަނީ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް އައިސްފައި.

22:40 - އަލިފާން ރޯވެފައި މިހާރު ހުރި އިމާރާތަކީ ގަދަގެ މުހައްމަދުފުޅު ބިލްޑިންގް ގައި. އެ އިމާރާތުގެ އެންމެ ތިރި އާއި އެހެން ބައެއް ފްލޯތަކުގައި އެސްބީއައި ހުރޭ. އަނެއް ފްލޯތަކުގައި ހުންނަނީ އުރީދޫގެ އޮފީސްތައް ކަމަށް ބެލެވޭ. މިހާރު އެތާ ކައިރީގަިއ ހުންނަ މަނީ އެކްސްޗޭންޖް ކުރާތަނުގައި ވެސް ވަނީ ރޯވެފައި.

22:30 - މިވަގުތު ބޮޑުތަކުރުފާނު މަގު އެސް ބީ އައި ސަރަހައްދުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގައި، ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރު ކުރާ ހިސާބަށް އާއްމު ފަރާތްތަކުން ނުދިޔުމަށް ހެލްތު މިނިސްޓްރީ އިން އިލްތިމާސް ކުރޭ. ދުމުގެ އަސަރު ކުރާ ހިސާބުތަކުގައި ގޭގެތެރެއަށް ދުން ނުވަންނަހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުން މުހިއްމު ކަމާ ހާއްސަކޮށް އުމުރުން ދުވަސްވީ ފަރާތްތަކާއި ކުޑަކުދިންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުމުގެ އަސަރު ކުރުމުން ނުރައްކާވެދާނެތީ އެކަމުން ރައްކާތެރިވުމަށް ވެސް މިނިސްޓްރީ އިން އިރުޝާދު ދޭ.

22:27 - އަލިފާން އެންމެ ފުރަތަމަ ރޯވި އިމާރާތުގެ އަލިފާންގަނޑު މިހާރު ވަނީ ނިވާ ލެވިފައެވެ.

22:15 - އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގެ ގެތަކުގައި ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ނުވަތަ، ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކާ ކޮންޓެކްޓް ވެގެން ހޯމް ކަރަންޓީނުގައިވާ ފަރާތެއްވާ ނަމަ އެޗް.ޕީ.އޭގެ 1676 އަށް އަވަހަށް ގުޅާ އެކަން އެންގުމަށް އެޗް.ޕީ.އޭ އިން އެދިލައްވާ

އަލިފާން ރޯވެފައިވަނީ ބޭންކް އޮފް މޯލްޑިވްސް ޔޫ.އެސް.ޑީ އޭ.ޓީ.އެމް ހުންނަ އިމާރާތާއި ޖެހިގެން ހުރި އިމާރާތެވެ. މަންޒަރު ދުށް ބައެއް މީހުން ބުނާ ގޮތުން ވަރަށް އުސްކޮށް ހަދާފައިވާ އިމާރާތުގެ ވަރަށް ގިނަ ފްލޯގައި އަލިފާން ވަނީ ރޯވެ ފައި އަދި އިމާރާތުން ބޭރަށް އަލިފާންގަނޑު ވަނީ ނުކުމެފައެވެ. ފެންނަ ވީޑިއޯތަކުން ދައްކަނީ ވަރަށް ގަދައަށ އަލިފާން ރޯވެފައިވާތަނެވެ. ފުރަތަމަ އަލިފާން ރޯވިކަމަށް ވަނީ މި އިމާރާތާއި ޖެހިގެން ހުރި ކެފޭ ގައި ކަމަށް މައުލޫމާތު ލިބެއެވެ. މިހާރު މި އަލިފާންގަނޑު ޖެހިގެން ހުރި 3 އިމާރާތަކަށް ފެތުރިފައިވާ އިރު އެމް.އެން.ޑީ.އެފް އިން އަންނަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވީކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. ފުލުހުން އަންނަނީ ކައިރީގައިވާ އިމާރާތްތަކުން މީހުން ހުސް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް 4 ފަޔަރ ލޮރީ އެއް އަންނަނީ ހަރަކާތްތެރި ވަމުންދާކަމަށް އެމް.އެން.ޑީ.އެފް އިން މައުލޫމާތު ދެއެވެ. ފުރަތަމަ އަލިފާން ރޯވި އިމާރާތުގެ 75 އިންސައްތަ އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށާ، އަލިފާންގަނޑު އިތުރު އިމާރާތް ތަކަށް ފެތުރުނަ ނުދޭން ޚާއްސަ މަސައްކަތެއް ކުރެވެމުން ދާ ކަމަށްވެސް އެމް.އެން.ޑީ.އެފް އިން ހާމަ ކުރިއެވެ. 

އިތުރު ތަފްސީލް އަންނަނީ....