ތުރުކީގައި "ގެއްލިގެން" ރިޕޯޓް ކުރި މީހަކު، އޭނާ ހޯދުމުގެ މަސައްކަތް ކުރި ޓީމަށް އެތައް ގަޑިއިރަކު އެހީތެރިކަން ދީފިއެވެ. މަސްތު ހާލަތުގައި ހުރި މިމީހާ އެހީތެރިކަން ދެމުން ދިޔައީ ޚުދު އޭނާ ހޯދަންކަން އޭނާއަށް ރޭކާލީ އެތައް އިރެއް ފަހުންނެވެ.

ރައްޓެހިން ތަކަކާއި އެކު ރާބޮއި މަސްތުވެގެން ހިނގަމުން ގޮސް ވަލުތެރެއަށް ވަދެ އެތައް އިރެއް ވީ އިރުވެސް އެނބުރި ނައުމުން އޭނާ ގެއްލުނު ކަމަށް ރިޕޯޓް ކުރީ އެކުގައި އުޅުން ރައްޓެހިންނެވެ. ބޭހަން މުތުލޫ ނަމަކަށް ކިޔާ 50 އަހަރުގެ މިމީހާ ގެއްލުނުކަމަށް ރިޕޯޓްކުރުމުން އެހިސާބުގައި ދިރިއުޅޭ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާ ހޯދުމަށް މަސައްކަތްކުރާ ޓީމަށް އެއްބާރުލުން ދީފައެވެ. މުތުލޫގެ ނަމުން ގޮވަމުން އެތައް އިރަކު މިޓީމުން ވަލު ތެރެބެލި ފަހުން، ކަލޭމެން ތިޔަ ހޯދަކީ ކާކު ހޭ، އަހަރެން މިހިރީ މިތަނުގައި މުތުލޫ ބުންޏެވެ.
މުތުލޫ ހޯދަން މަސައްކަތްކުރި ޓީމާ އޭނަ ގުޅުނުގޮތަކާ އެކަން އޭނާގެ ރަޙްމަތްތެރިންނަށް ފާހަގަ ނުކުރެވުނު ގޮތެއް އަދި ވަނީ ޔަގީން ނުވެފައެވެ. ފުލުހުން ވަނީ އޭނާ ރައްކާތެރިކަމާއެކު އާއިލާ އާ ހަވާލުކޮށްފައެވެ.
މިއީ ގެއްލިގެން ހޯދަމުން ދިޔަމީހަކު އޭނާ ހޯދުމަށް މަސައްކަތްކުރާ ޓީމާ ގުޅުނު ފުރަތަމަ ފަހަރެއް ނޫނެވެ. 2012 ވަނަ އަހަރު އައިސްލެންޑުން ގެއްލިގެން ހޯދަމުންދިޔަ އޭޝިޔާގެ ގެސްޓަކުވެސް ވަނީ އޭނާ ހޯދުމަށް މަސައްކަތް ކުރި ޓީމަށް އެހީތެރިކަން ދީފައެވެ. އޭނާއަށް އޭނާގެ ސިފަ ފޮޓޯއިން ފާހަގަކުރަން ނޭނގުނުކަމަށް ރިޕޯޓްކޮށްފައިވެއެވެ.
