އެމެރިކާގެ އަވަށެއް ކަމަށްވާ ޓެކްސަސްގެ ފިހާރައެއްގައި ހުރި މުދާތަކެއްގައި މީހަކު ލައްވާ ކުޅު ހޭކުވި މީހަކު ހައްޔަރުކޮށް، 15 މަހަށް ޖަލަށް ލައިފިއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ކުޅު ހާކުވާފައިވަނީ ކޮވިޑު ޖެހިފައި ހުރި މީހެއް ލައްވައެވެ.
ޓެކްސަސްގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލާރި ދީގެން ކޮވިޑް ޖެހިފައި ހުރި މީހަކު ލައްވާ ފިހާރައެއްގައި ހުރި މުދަލުގައި ކުޅު ހޭކުވި މައްސަލައިގައި ކްރިސްޓޮފާ ޗާލްސް ޕެރޭޒް ނަމަކަށް ކިޔާ މީހަކު 15 މަހަށް ޖަލަށް ލާން ހުކުމް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ، އޭނާ އެކަން ކޮށްފައިވަނީ މީހުންނަށް ބިރުދެއްކުމާއި ހާސް ކުރުވުމުގެ ގޮތުން ކަމަށެވެ.
އެގޮތުން މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ފޭސްބުކުގައި އޭނާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކޮވިޑް ޖެހިފައި ހުރި މީހަކަށް ފައިސާ ދީގެން އޭނާ ލައްވާ ފިހާރައެއްގައި ހުރި މުދަލުގައި ކުޅު ހޭކުވި ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ފިހާރައަށް މީހުން ނުވެއްދުމުގެ ގޮތުން ކަމަށް ވެސް ވަނީ ބުނެފައެވެ.
