ކަދުރަކީ އޭގައި ތަފާތު މީރު ފޮނިރަހައެއް ދޭ މޭވާއެކެވެ. ކަދުރުގައި ތަފާތު އެކި ވައްތަރުގެ ކާތަކެތި ތައްޔާރު ކުރެވެމުންދާއިރު، ދިވެހިންގެ ތެރޭގައި މަގުބޫލު އެއް ފޮނި ކާ އެއްޗަކީ ފޮނި ބޯކިބަލެވެ. އެކި ވައްތަރު ފޮނި ބޯކިބާ ހުންނަ އިރު ކަދުރުގައި ތައްޔާރުކުރާ މި ބޯކިބަލަކީ އަނަގަޔަށް ވަރަށް މީރު ބޯކިބަލެކެވެ. މި ބޯކިބާ ތައްޔާރުކޮށްލާނޭ ގޮތް ހިއްސާކޮށްލާނަމެވެ.
ބޭނުންވާނެ ތަކެތި :
. 250 ގްރާމް ހަކުރު
. 250 ގްރާމް ފުށް
. 250 ގްރާމް ކަދުރު ( އޮށް ނަގާފައި، ކޮށާފައި)
. 2 މޭޒުމަތީ ސަމްސާ މާޖިރިން
. 1 މޭޒުމަތީ ސަމްސާ ބޭކިން ޕައުޑަރ
. 80 ގްރާމް މޭބިސް ކަދުރު ( ކުދިކޮށް ކޮށާފައި)
. 80 ގްރާމް ކަނަމަދު ( ކުދިކޮށް ކޮށާފަައި)
. ބައި ޖޯޑު ކިރު ( ފުލް ކްރީމް)
. 2 ކުކުޅު ބިސް
. ދެ ސައިސަމްސާ ވެނީލާ އެސެންސް
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ބޭކިން ޕައުޑަރާއި ފުށް އެއްކުރުމަށްފަހު ފުރާނައިފައި ވަކިން ބަހައްޓާށެވެ. ދެން އެހެން ތައްޓެއްގައި މާޖިރިން، ހަކުރު އަދި ކުކުޅު ބިސް އެއްކޮށްލާ ގިރާލާށެވެ. ދެން ހަކުރުތައް ވިރެންދެން ގިރުމަށް ފަހު އޭގެ ތެރެއަށް ފުށްތައް އަޅައިލާށެވެ. އެއަށްފަހު ކިރު އެއްކުރުމަށްފަހު ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ފުށްގަނޑު ތެރެއަށް ވެނީލާ އެސެންސް އެޅުމަށް ފަހު ކަދުރާއި، ކަނަމަދުގެ އިތުރުން މޭބިސްކަދުރު އަޅާލާށެވެ. ދެން އެ ތަކެތި އެޅުމަށް ފަހު ރަނގަޅަށް ގިރާފައި ޓްރޭއަކަށް އެޅުމަށް ފަހު އަވަނުން ފިހެލާށެވެ.
