ސަލްމާން ފެނިގެންދާ ފިލްމެއްކަމުގައިވާ އަންތިމް މިއަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު ސިނަމާތަކަށް ނެރެން ވިސްނާކަމަށް އެ ފިލްމުގެ ޕްރޮޑަކްސަން ޓީމުން ބުނެފިއެވެ. އެ ޓީމުން ބުނި ގޮތުގައި އެންމެ ފުރަތަމަ މި ފިލްމް ޑިޖިޓަލްކޮށް ނެރެން ވިސްނި ނަމަވެސް މިހާރު ވިސްނަމުން ދަނީ މި ފިލްމު ސިނަމާތަކުގައި ދައްކަން ކަމަށެވެ.
މި ފިލްމުގައި ސަލްމާންގެ އިތުރުން ފެނިގެންދާނީ އަޔޫސް ޝަރުމާއެވެ. މި ފިލްމު ޕްރޮޑިއުސް ކުރަނީ މަހޭޝް މަންޖޭކަރްއެވެ.
މި ފިލްމު ކުރިން ދިވާލީގައި ޑިޖިޓަލްކޮށް ރިލީސް ކުރަން ނިންމި ނަމަވެސް މިހާރު މި ފިލްމުގެ ސީކުއެންސްތައް އިތުރުކޮށް ސިނަމާތަކަށް ރިލީޒް ކުރަން ނިނަމާފައިވުމުން މި ފިލްމު ރިލީޒް ވާނެ ކަމަށް ބެލެވެނީ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.
މި ފިލްމު ދިމާވާނީ ޖޯން އަބްރަހަމްގެ "ސަތްޔަމޭވަ ވަޖެޔަތޭ" ނެރޭ ތާރީހާއެވެ. އެހެންކަމުން މި ދެފިލްމުގެ ތަޅާފޮޅުން ގަނޑު ވަރަށް ބޮޑުވެގެންދާކަމަށް ފިލްމީ ދާއިރާގެ ބޭފުޅުން ގަބޫލުކުރެއެވެ.
