އެސް.އެމް.އީ ފައިނޭންސް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިސް ބޭފުޅުންނާ މޯލްޑިވްސް މީޑިއާކައުންސިލުން ބައްދަލު ކޮށްފިއެވެ.
މި ބައްދަލުވުން ބޭއްވުނީ މިއަދު މޯލްޑިވްސް މީޑިއާ ކައުންސިލުގައެވެ. އަދި މިބައްދަލުވުމުގެ ބޭނުމަކީ އެސް.އެމް.އީ ފައިނޭންސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިން މީޑިއާތަކަށްދޭ ލޯނާ ގުޅޭ މައުލޫމާތު އޮޅުންފިލުވުމެވެ.
އެސް.ޑީ.އެފް.ސީ ގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޒީނާދު މައުލޫމާތު ދެއްވި ގޮތުގައި މިހާތަނަށް 8 މީޑިއާއަކަށް ވަނީ ލޯނު ދޫކުރެވިފައެވެ. އަދި މީގެ ތެރޭގައި ކުދި މީޑިއާވެސް ހިމެނެއެވެ. ޒީނާދު މައުލޫމާތު ދެއްވި ގޮތުގައި މިހާތަނަށް ލޯނަށް ހުށަހެޅި ހުރިހާ މީޑިއާތަކަށް ވާނީ ލޯނު ދޫކުރެވިފައެވެ.
ޒީނާދުގެ ވާހަކަފުޅުގައި ލޯނަށް އެދުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލެފައި ކަމުގައިވިދާޅުވިއެވެ. މި ލޯނަށް އެދި ހުށަހެޅުމުގައި އަމަލު ކުރަންވީ އުސޫލާއި އަދި ލޯނަށް އެދި ހުށަހަޅާ ފޯމު އެސް.ޑީ.އެފް.ސީގެ ވެބްސައިޓު https://sdfc.mv/ އިން ލިބެން ހުންނާނެއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުގެ އެދުމަކީ ކަމާބެހޭ އެންމެހައި ލިޔެކިޔުންތައް ހަމަކުރުމަށްފަހު ލޯނުބޭނުންވާ މީޑީއާތަކުން އެސް.ޑީ.އެފް.ސީ އަށް ވީއެންމެ އަވަހަކަށް ހުށަހެޅުމެވެ.
