އާންމުންގެ މަޝްހޫރުކަން ހޯދާފައި "ޓައިގަރ" ގެ ތިންވަނަ ބައިގެ ސޫޓިން އަނެއްކާވެސް ފަށައިފިއެވެ.

މި ފިލްމުގައި ސަލްމާން ހާން އަދި ކެތްރީނާ ކެއިފް ގެ އިތުރުން ދެން ފެނިގެންދާނީ އިމްރާން ހާޝިމީއެވެ. 

މި ފިލްމުގެ މަންޒަރުތައް ތުރުކީ ރަޝިޔާ އަދި އިންޑިޔާގައި ނެގިފައިވާ އިރު މި ފިލްމުގެ މިއުޒިކް ހަދާދީފައިވަނީ މަޝްހޫރު މިއުޒިޝަން ޕްރީތަމްއެވެ. އަދި މިފިލްމުގައި ފެނިގެންދާ ސްޓަންޓުތައް ހަދާދީފައިވަނީ ކޭޕް ޓައުންގެ އިންޓަނޭޝިނަލް ސްޓަންޓު ޓީމަކުންނެވެ. މި ފިލްމުގެ އެކްޝަން ސީކުއެންސްތައް ދަސްކޮށްދީފައިވަނީ ސައުތްއެފްރިކާގެ މަސްހޫރު ސްޓަންޓު ކޯޑިނޭޓަރެއް ކަމުގައިވާ ފްރޭންކް ސްޕިލްހައުސްއެވެ.

މި ފިލްމު ޑައިރެކްޓުކޮށްދީފައިވަނީ ޔަސްރާޖް ފިލްމްސް އިންނެވެ. އަދި ޕްރޮޑިއުސްކޮށްފައިވަނީ ކަބީރު ހާންއެވެ.

މި ފިލްމުގެ ކުރީގެ 2 ފިލްމަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު މި ފިލްމަށްވެސް ވަރަށް ބޮޑު ތަރުހީބެއް ލިބޭނެކަމަށް އުންމީދުކުރެވެއެވެ.