އެމެރިކާގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި އެގައުމުގެ ކުރީގެ ރައީސް ޓްރަމްޕް އަށް ބޮޑު ނާކާމިޔާބީއެއް ލިބުމުން އޭނާއަށް ވަނީ ވައިޓް ހައުސް އިން ނިކުންނަން ޖެހިފައެވެ. އޭގެ ފަހުން ޓްރަމްޕުގެ ހަށިގަނޑު ކުޑަވެ ބަރުދަން ލުއިވެފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރައީސް ޓްރަމްޕް ވެރިކަމުގައި ހުރި އިރު ލަފާދިނުމަށް ހުރި ޖޭސަން މިލާ ބުނީ ވެރިކަމުން ފޭބުމަށްފަހު ޓްރަމްޕް މާޔޫސް ނުވާ ކަމަށާއި ޓްރަމްޕު ގެންދަވަނީ އަރާމުކުރަމުންނެވެ. ގިނަބަޔަކު ގަބޫލު ކުރިނަމަވެސް ޓްރަންޕުގެ ބަރުދަން ލުއިވެފައިވަނީ އެކަމުގެ މައްޗަށް ހިތާމަކޮށްގެން ނޫންކަމަށް އޭނާ ވަނީ ބުނެފައެވެ.

ޓްރަމްޕާއި ހަވާލާދީ އޭނާ ބުނެފައިވަނީ ޓްރަމްޕުގެ ބަރުދަނާއި ބެހޭގޮތުން ޓްރަމްޕު ވިދާޅުވަނީ އޭނާ ލުއިވަނީ 24 ގަޑިއިރު ހިދުމަތް ލިބޭ ބަދިގެއެއް ނުހުންނާތީ ކަމަަށެވެ.

2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ރައީސް ޓްރަމްޕުގެ ފިޒިކަލް އިމްތިހާނު ހެދި އިރު އޭނާގެ ބަރުދަނުގައި 110 ކިލޯ ހުރިކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އޭގެ ފަހުން ވެރިކަމުން ފޭބުމުގެ ކުރީގައިވެސް 110 އަކަށް ވުރެ މަތީގައި ބަރުދަން ހުރިކަމަށް ރިޕޯތައް ބުނެއެވެ. 

މި އަހަރު ޓްރަމްޕްގެ ބަރުދަން ލުއިވެފައިވާކަން ހާމަވީ މިއަހަރު އެނާގެ ފިޒިކަލް އިމްތިހާނު ހެދުމުންނެވެ. ނަމަވެސް މި އަހަރު އޭނާގެ ބަރުދަން ލުއިވެފައިވާ ސީދާ މިންވަރު ހާމަ ނުކުރިނަމަވެސް ރިޕޯޓުތައް ބުނާގޮތުން ޓްރަމްޕު ވެރިކަމުން ދުރުވިފަހުން ނުވަތަ ވައިޓްހައުސްއިން ނުކުންނެވިފަހުން އޭނާގެ ބަރުދަނުން ގާތްގަނޑަކަށް 6 ކިލޯ ވަނީ ލުއިވެފައެވެ.

ޝާހީ ކަމާއި ބާރުވެރިކަމަކީ އިންސާނާ ކަންނެތް ކުރުވާ، ސިއްހަތުވެސް ހަލާކުކޮށްލާ އެއްޗެއްގޮތުގައި ބައެއް ސިއްހީ މާހިރުން ދެކިލައްވައެވެ.