ސެމްސަންގުގެ އެންމެ ފަހުގެ ގެލެކްސީ ނޯޓް20 އަދި ނޯޓް20 އަލްޓްރާ، ވަރަށް ހާއްސަ އޮފަރތަކާއެކު ޕްރީ ބުކް ކުރުމަށް ރާއްޖޭގައި ހުޅުވާލައިފިއެވެ.

ސެމްސަންގް ގެލެކްސީ ނޯޓްގެ މި އައު ފޯނުތަކަކީ ނިއު ނޯމަލް ގެ ހާލަތާ އެކަށޭނަގޮތަށް، މަސައްކަތްކުރުމުގައި އަދި މުނިފޫހިފިލުވުމުގައިވެސް ޕަވަރ ފޯނެއްގެ ގޮތުގައި ސެމްސަންގްއިން ވަނީ ސިފަކޮށްފައެވެ.

މި ހާއްސަ އޮފަރގެ ތެރެއިން ޕްރީ ބުކް ކުރައްވާ އުރީދޫ ކަސްޓަމަރުންނަށް ކޮންމެ ސެމްސަންގް ގެލެކްސީ ނޯޓް20 ސީރީޒް ގެ ފޯނަކާއެކު ކޮންމެ މަހަކު 12ޖީބީ ބޯނަސް ޑޭޓާ 6 މަސް ދުވަހަށް މުޅިން ހިލޭ ލިބިގެންދާނެއެވެ. މީގެ އިތުރުން ޕްރީ އޯޑަރ ކުރައްވާ ކޮންމެ ސެމްސަންގް ގެލެކްސީ ނޯޓް20 އަލްޓްރާ އަކާއެކު ގެލެކްސީ ބަޑްސް ލައިވްއެއްވެސް މުޅިން ހިލޭ ލިބިގެންދާނެއެވެ. ސެމްސަންގް ގެލެކްސީ ނޯޓް20 ސީރީޒްގެ ފޯނެއް ޕްރީ ބުކް ކުރައްވާ އުރީދޫ ކަސްޓަމަރުންނަށް، މިހާރު ގެންގުޅުއްވާ ސިމް، އީސިމް އަކަށް އަޕްގްރޭޑްކުރުމުގެ ފުރުސަތުވެސް މުޅިން ހިލޭ ލިބިގެންދާނެއެވެ.

ސެމްސަންގް ގެލެކްސީ ނޯޓް20 އަދި ނޯޓް20 އަލްޓްރާ ގެ އަގުތައް

އަގު (ރފ.)

ކުލަ

ސްޓޯރޭޖް

ހޭންޑްސެޓް

18,499

މިސްޓިކް ބްރޮންޒް

256 ޖީބީ

ސެމްސަންގް ގެލެކްސީ ނޯޓް20

23,399

މިސްޓިކް ބްލެކް

256 ޖީބީ

ސެމްސަންގް ގެލެކްސީ ނޯޓް20 އަލްޓްރާ

 

 

 

 

 

 

މިއަދު ޕްރީ ބުކް ކުރުމަށް ހުޅުވާލެވުނު ސެމްސަންގް ގެލެކްސީ ނޯޓް20 ސީރީޒް ގެ މި ފޯނުތައް އުރީދޫގެ އީ ކޮމަރސް ޕްލެޓްފޯރމް މޫލީ މެދުވެރިކޮށް ޕްރީބުކް ކުރުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ގެންގޮސްދެވޭނެއެވެ.