ޓައިގަރ - 3 ގެ ސޫޓިން މި ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ނިންމާލެވޭނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެފިއެވެ. ސަލްމާން ޚާން މިހާރު ވަނީ އޭނާގެ އެހެން ފިލްމުތަކުގެ ޝޫޓިންގ ނިންމާލާފަ މިފިލްމުގެ ޝޫޓިންނާއި ގުޅިފަކަމަށް އެ ޓީމުން ބުނެފައިވެއެވެ.

ޓީމުން އިތުރަށް ބުނީ މި ފިލްމު ކުރިޔަށް އޮތް  40 ދުވަސް ތެރޭ ނިންމާލެވޭނެކަމަށެވެ.

މި ފިލްމުގައި ސަލްމާން ހާން އަދި ކެޓްރީނާ ކެއިފް ގެ އިތުރުން ދެން ފެނިގެންދާނީ އިމްރާން ހާޝިމީއެވެ.

މި ފިލްމުގެ ސޫޓިން ނިންމާލުމަށް ފަހު ދެން ސަލްމާން ހާން ފަށާނީ އޭނާގެ ކުރިޔަށް އޮތް ފިލްމުތައް ކަމުގައިވާ "ކަބީ އީދް ކަބީ ދިވާލީ" ގެ މަސައްކަތުގެ އިތުރުން "ގޯޑް ފާދަރ"ގެ މަސައްކަތެވެ.

ކަބީ އީދު ކަބީ ދިވާލީ ގައި ސަލްމާނާއި އެކު ފެނިގެންދާނީ ޕޫޖާ ހެގްޅޭއެވެ. މި ފިލްމުވެގެންދާނީ އެކްޝަން ކޮމެޑީ އަދި ޑްރާމާއިން ފުރިގެންދާނެ ފިލްމަކަށެވެ.

މީގެ އިތުރުން ޕަޓާން ގައި ޝާހްރުކް ހާން އާއި އެކު ސަލްމާން ފެނިގެންދާނެއެވެ. މީގެ އިތުރުން ސަލްމާން ރާޖް ކުމާރު ގުޕްތާގެ ބްލެކް ޓައިގާއިންވެސް ފެނިގެންދާނެ ކަމުގެ މައުލޫމާތު ލިބެއެވެ.