އާންމުންގެ ތެރޭގައި މަޝްހޫރު ވަމުން އަންނަ ބޮލީވުޑްގެ މަޝްހޫރު ޖޯޑެއް ކަމުގައިވާ ޝާހިދު ކަޕޫރާއި މީރާ ރާޖް ޕުދް އެ މީހުންގެ ޗުއްޓީ ރާއްޖޭގައި ހޭދަ ކުރަމުން އެބަދެއެވެ.

އެކަން ހާމަކޮށް ޝާހިދު ވަނީ އޭނާ ގެ އިންސްޓާގްރާމް އެކަންޓަށް ފޮޓޯތަކެއް އަޕްލޯޑްކޮށްފައެވެ. އެތަނުން އެއްފޮޓޯއިން ފެންނަނީ ރޭގަނޑުގެ ވަގުތެއްގައި ލައިވްކޮށް ކުޅެމުން ދިޔަ ބޭންޑެއްގެ ވީޑިއޯއެވެ. މީގެ އިތުރުން މީރާވެސް ވަނީ އޭނާގެ އިންސްޓާގުރާމަށް ޝާހިދު ރިސޯޓުގެ ބީޗް ރެސްޓޯރެންޓުގައި އިށީންދެލައިގެން އިންފޮޓޯއެއްވެސް ލާފައެވެ.

މީގެ ކުރިން ޝާހިދު އިންޑިޔާގެ ނޫހަކާއި ވާހަކަ ދައްކަމުން ބުނެފައިވަނީ އޭނާ ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށް މީހުން ބުނާކަމަށާއި އޭނާ އަމިއްލަ ނަފްސަށްވެސް އެކަން އިހުސާސްވާކަމަށެވެ. މިހާރު މީހަކާއި އިނދެ ދަރިން  ލިބިފައިވާތީ މީހާ ޒިންމާދާރު ވެފާއި ވާކަމަށްވެސް އޭނާ ފާހަގަކޮށްފައިވެއެވެ. އޭނާ އިތުރަށް ބުނިގޮތުގައި ކުރީގައި އަބަދުވެސް ބަލާނީ ޝޫޓިން ނިންމާގޮތަށް ގެޔަށް ނުވަދެ އެހެން ކަންކަމުގައި ނުވަތަ ތަންތަނުގައި އުޅެވޭތޯ ނަމަވެސް މިހާރު ބޮޑަށް އިސްކަން ދެވެނީ އަނބިމީހާއާއި ދަރިންނާ އެކު ގިނަ ވަގުތު ހޭދަކުރުމަށް ކަމަށެވެ.