ފުޑް އެންޑް ޑްރަގް އެޑްވައިޒަރީ ބޯރޑާއި ސެންޓާރ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީށސީ) އިން ގުޅިގެން ކުޑަކުދިންނަށް ފައިޒާ ވެކްސިން ދިނުމާމެދު ގޮތެއް ނިންމުމަށް މަޝަވަރާ ކުރަން ހަމަޖައްސައިފިއެވެ. މި މަޝްވަރާގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ފައިޒާ ވެކްސިން ޖެހުމާމެދު ގޮތް ނިންމުން ހަމަޖެހިފައިވަނީ 11 އަހަރާއި 5 އަހަރާ ދެމެދުގެ ކުދިންނަށެވެ.
ކޮމްޕެނީގެ ޑާޓާއިން ދައަކާގޮތުގައި ބޮޑެތިމިހުންނާއި ފުރާވަރުގެ ކުދިންނަށް މި ވެކްސިން ދިނުމުން ވެކްސިނަށްފަހު ސިއްހީ އުނދަގޫތައް ކުރިމަތިވީ މަދު އިންސައްތައެއްގެ މީހުންނަށް ކަމަށާއި އެހެންކަމުން އެއީ ރައްްކާތެރި ވެކްސިންއެއް ކަމަށް ބުނެވިދާނެ ކަމަށެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ވެކްސިން ޖެހުމުގެ ހުއްދަލިބި މިކަން ކާމިޔާބު ވެއްޖެނަމަ، 15 މިލިއަނަށްވުރެ ގިނަ ވެކްސިން ޑޯޒް އެކި އެކި ކުޑަކުދިންގެ ހޮސްޕިޓަލްތަކަށް ފޮނުވުމަށަ ވަނީ ހަމަޖެހިފައެވެ. އެމެރިކާގެ އެކި ހިސާބުތަކުން މިހާތަނަށް 1.8 މިލިއަން ކުޑަކުދިންނަށް ކޮވިޑް ޖެހިފައިވާއިރު މިބަލީގައި މަރުވެފައިވަނީ 200 އަށްވުރެ މަދު ކުދިންކަމަށް ސެންޓާރ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީށސީ) އިން ވަނީ ހާމަކޮށްފައެވެ.
މިހަފްތާގެ ބުރާސްފަތި ދުވަހު އޮންނަ ބައްދަލުވުމުގައި މަޝްވަރާ ކުރުމަށްފަހު ލެވޭ ވޯޓަކުން 11 އަހަރާއި 5 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމާމެދު ގޮތެއް ނިންމާނެއެވެ.
ދުނިޔޭގެ ގިނަ ޤައުމުތަކުގަޔާއި ރާއްޖޭގައި މިހާރު ވަނީ 12- 18 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދޭން ފަށައިފަ އެވެ.
