ގއ. ދާންދޫ އިން ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެރަށު ކައުންސިލުން ބުނީ ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީނުގައި ތިބި ދެ މީހުން ކަމަށެވެ. އަދި އެމީހުން ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީނު ނިންމުމަށް ފަހު ހެދި ޓެސްޓުން ކަމަށެވެ.

ޕޮޒިޓިވްވެފައިވަނީ މާލެއިން އެރަަށަށް ދިޔަ އުމުރުން 19 އަހަރުގެ ފިރިހެން ކުއްޖަކާއި 59 އަހަރުގެ އަންހެނެއް ކަަމަށްވެސް އެރަށު ކައުންސިލުން ބުނެއެވެ. އަދި އެ ދެ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު އެ ރަށުގައި ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

ގދ. ތިނަދޫން ޕޮޒިޓިވްވި މީހާގެ ކޭހާ އާ ގުޅިގެންވެސް އެ ރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނައިރު، ދާންދޫ ކައުންސިލުން ބުނީ މިއަދު ޕޮޒިޓިވްވި ދެ މީހުންނަކީ ތިނަދޫ ކޭހާ ގުޅުންހުރި ބައެއް ނޫން ކަމަށެވެ.