ބޮލީވުޑް ގެ "ބާދްޝާ" ގެ ނަމުން މަޝްހޫރު ވެފައިވާޝާހްރުކް ޚާން ގެ ފިރިހެން ދަރިފުޅު އާރްޔަން ޚާން ގެޔަށް ދޫކޮށްލައިފިއެވެ.

އާރްޔަން ގެޔަށް ދޫކޮށްލައިފާއި ވަނީ 3 ހަފްތާ ވަންދެން ޖަލުގައި ބެހެއްޓުމަށްފަހުއެވެ. އޭނާ ޖަލަށް ލާފައިވަނީ މުމްބައީގެ ފުލުހުން ހިނގި މަސްތުވާ ތަކެތީ ގެ އޮޕަރޭޝާނާއި ގުޅިގެންނެވެ. އޭނާ ހައްޔަރު ކުރި އިރު އޭނާގެ އަތުން މަސްތުވާ ތަކެތި ފެނިފައިވާކަމަށްވެސް މުމްބައީގެ ފުލުހުން ހާމަކޮށްފައިވެއެވެ.  މައުލޫމާތު ލިބިފައިވާ ގޮތުގައި އަރްޔަން ޚާން މިނިވަންކޮށްފައި ވަނީ ކަފާލާތުގެ ދަށުންނެވެ. އަރްޔާންނާއި އެކު ހައްޔަރު ކުރި އިތުރު 2 މީހަކުވެސް ވަނީ ކަފާލާތުގެ ދަށުން ބޮމްބޭ ހައި ކޯޓުން ދޫކޮށްލާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަރްޔާން ޚާން ދޫކޮށްލާފައިވަނީ 1 ލައްކަ ރުޕީސްގެ ކަފާލާތަކަށެވެ. މީގެ އިތުރުން މިކަހަލަ އަމަލެއް އިތުރަށް ނުހިންގުމަށާއި އޭނާ އާއި އެކު ހައްޔަރު ކުރެވުން ( މިހާރު ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާ) ދެ މީހުނާއި އެއްވެސް ކަހަލަ ގުޅުމެއް ނުބޭއްވުމަށާއި އޭނާ ގެ ޕާސްޕޯޓުވެސް ސްޕެޝާލް ކޯޓާއި ހަވާލުކުރުމަށްވެސް އާރްޔަން އަށް ވަނީ ކޯޓުން އަންގާފައެވެ.

އަރްޔަން ޚާން ދޫކޮށްލުމާއި އެކު ގިނަ ބަޔަކު ދަނީ ޝާހްރުކްޚާން ދިރިއުޅެމުން އަންނަ ގޭކައިރިއަށް އައިސް މަރުހަބާކިޔާ އުފާ ފާޅު ކުރަމުންނެވެ. މީގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ތަރިންވެސް ވަނީ ޝާހްރުކްއަށް ގުޅާ މަރުހަބާ ކިޔާފައެވެ. އެ ގޮތުން ސަލްމާން ޚާން، އަކްސޭ ކުމާރު އަދި ސުނިލް ޝެޓީ ވެސް ވަނީ ޝާހްރުކްއާއި ގުޅައިގެން މަރުހަބާ ކިޔާފައެވެ.

އާރްޔާން ހައްޔަރު ކުރުމާއި އެކު ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ ޝާހްރުކް ޚާންގެ އާއިލާ އަށް ގުޅާ ހިތްވަރު ދީފައެވެ.