އިންސާނުންނަށް އެކި ގޮތްގޮތުން ކާބޯތަކެތި ލިބެން ހުންނައިރު، މާމުޔަކީ ވަރަށް އާދަޔާ ހިލާފުގޮތަކަށް ލިބޭ ކާނާއެއް. ދިރޭ ކުޑަ ސޫފިތަކެއްގެ ގެދޮރުގައި ނުވަތަ ހާލީގައި ނުވަތަ ހަތައިގައި އުފެދޭ މި އެއްޗަކީ މީރު އަދި އެހާމެ ފޮނި ކާނާއެއް. މާމުއި ކުޅަނދުރުގެ ހަތައިން ނަގާ މާމުޔަކީ ސިއްހަތަށްވެސް އޭގެ ފައިދާ އެތައް ގުނައަކުން ލިބޭ ކާނާއެއް. މިއީ އޭގައި ވަރަށްގިނަ ބަލީގެ ފަރުވާ، ވާކަމަށްވެސް ބުނާ ކާނާއެއް. މާމުޔަކީ ބައެއް މީހުން ވަރަށް އާންމުކޮށްވެސް ކައި އުޅޭ އެއްޗެއް. އެހެންނަމަވެސް މާމުއިގެ މައިގަނޑު ތާސީރަކީ ކޮބައިކަން އެނގެނީ ކިތައްކިތައް މީހުންނަށްތޯ؟ ސައިންސުވެރިން ވިދާޅުވާ ގޮތުގައި މާމުއީގެ 75 އިންސައްތަ އަކީ ފޮނިކަން ނުވަތަ ހަކުރު. އޭގެ 20 އިންސައްތަ އަކީ ދިޔާކަން ނުވަތަ ފެން. މާމުއީގެ ތާސީރުގެ 5 އިންސައްތަ އަކީ އޭގައި ހުންނަ ރަހަ ނުވަތަ އެ ރަހަ ލައްވާ މާއްދާތައް. މީގެ އިތުރުން މާމުއިގެ ތަފްސީލީ ތާސީރަށް ބަލާއިރު އެތައް މާއްދާއެއް މާމުއިން ފެންނަން ހުންނާނެ. އެކި ކަހަލަ ވިޓަމިނާ، މިނަރަލްސް ހުންނާނެ. ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ބައިވަރު މާއްދާތައްވެސް ހުންނާނެ. މިދެންނެވި ފެނާއި ހަކުރާއި އަދި ރަހަ އަކީ މާމުއިގެ މައިގަނޑު ތާސީރު.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން