ބިކިނީ މޮޑެލް އަލަސަންޑްރޯ އެމްބޯޝިއާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ނަގާފައިވާ ރީތި ފޮޓޯތަކެއް އޭނާގެ ސަޕޯޓަރުންނަށް ޓަކައި ސޯޝަލް މީޑިޔާއަށް ދޫކޮށްލައިފިއެވެ. ރާއްޖޭގެ ދޮންވެލި ގޮނޑުދޮށާއި ސާފު މޫދުގައި ނަގާފައިވާ ރީތި ފޮޓޯތަކުގައި އޭނާލާފައިވަނީ އޭނާގެ އަމިއްލަ ސްވިމިންގ ސޫޓް ބްރޭޑްގެ ބިކިނީ އެވެ. ދެދަރިންނާއި ލޯބިވެރިޔާ އާއި އެކު މިދިޔަ ހަފްތާގައި ރާއްޖެއައި އަލަސަންޑްރޯ އޭނާގެ އަންހެން ދަރިފުޅު އަންޔާ އަށް 12 އަހަރު ފުރުން ވަނީ ރައްޖޭގައި ފާހަގަ ކޮށްފައެވެ.

އަލަސަންޑްރޯގެ މި ޗުއްޓީއަކީ ކެލިފޯނިޔާގައި އެމީހުންގެ ލޮކްޑައުން ނިންމާލުމަށްފަހު ހޭދަ ކުރާ ފުރަތަމަ ޗުއްޓީއެވެ. މިއާއިލާ ރާއްޖެ އައީ ކޮވިޑް ޓެސްޓް ކުރުމަށްފަހު ނަތީޖާ ނެގެޓިވް ވުމުންނެވެ. ވޯލްޑޮފް އެސްޓޯރިޔާގައި އަލަސަންޑްރޯ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުވެސް ޗުއްޓީ ހޭދަކޮށްފައެވެ. އޭނާގެ މި ޗުއްޓީގައި ބައިސްކަލު ދުއްވުމުގެ އިތުރުން ގިނަ ވަގިތު ހޭދަ ކުރަމުންދަނީ ޕޫލްގައެވެ. މި ޗުއްޓީ ޚާއްސަކުރެވިފައިވަނީ އޭނާގެ ދަރިފުޅުގެ އުފަން ދުވަހަށް ނަމަވެސް އަންޔާގެ ބައްޕަ، އަލަސަންޑްރާގެ ކުރީގެ ލޯބިވެރިޔާ މި ޗުއްޓީގައި ބައިވެރިއެއް ނުވެއެވެ.

އަލަސަންޑްރޯގެ މި ޗުއްޓީގެ ފޮޓޯތަކަށް ގިނަ ބަޔަކު ތަޢުރީފްކުރަމުން އަންނަ އިރު، އޭނާގެ ބައެއް ފޮޓޯގެ ކެޕްޝަން ބަލާލުމުން ދިވެހި ރާއްޖެއަށް އޭނާގެ ޝައުގުވެރިކަން ހުންނަވަރު ވަރަށް ސާފުކޮށް ދޭހަވެއެވެ.