އެމެރިކާގެ ޓެކްސަސްގައި ކުޑަކުއްޖެއްގެ ގައިން "ރެބީސް" ނަމަކަށް ކިޔާ ބައްޔެއް ފެނިއްޖެއެވެ. މިއީ ވާލުގެ ޒަރިއްޔާއިން ޖެހޭ ބައްޔެކެވެ. ނަމަވެސް އެ ކުއްޖާގެ ގައިން ފެނުނު މި ބައްޔަކީ އިންސާނުގެ ގައިން އަނެއް އިންސާނެއްގެ ގަޔަށްވެސް ފެތުރުމުގެ ކުޅަދާނަކަށް ލިބިފައިވާ ވައިރަކެވެ.
ރިޕޯޓުތައް ބުނާގޮތުން އެ ކުއްޖާ ޓެކްސަސްގެ ހޮސްޕިޓަލެއްގައި އެނދުމަތިކުރީ ވާލެއްގެ ސަބަބުން ލިބުނު އަނިޔާއަކަށް ފަރުވާކުރުމަށެވެ. އާންމުކޮށް މި ބަލި ފެތުރެނީ ދިރޭތަކެތީގެ މެދުގައެވެ. ނަމަވެސް އެ ކުއްޖާގެ ހަށިގަނޑުން މި ބަލި ފެނުމާއި އެކު އެކުއްޖާ އާއި އެކުއްޖާއާއި ސީދާ ބައްދަލުމީހުން މިހާރު ވަނީ އެކަހެރިކުރެވިފައެވެ. އަދި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި މި ބައްޔާ ދެކޮޅަށް ޖަހާ ވެކްސިންވެސް ބައެއް ފަރާތްތަކަށް މިހާރު ޖަހާފާވައިކަމަށް ރިޕޯޓުތައް ބުނެއެވެ.
ޓެކްސަސްއިން އިންސާނެއްގެ ފަރާތުން މި ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ 2009 ވަނަ އަހަރުގައެވެ. މިއީ ޖަނަވާރުން ނުވަތަ އިންސާނުންގެ ކުޅުގެ ޒަރިއްޔާއިން ފެތުރޭ ބައްޔެކެވެ. މިއީ ފަރުވާ ނުކުރެވި ލަސްވާނަމަ ފުރާނައަށްވެސް ނުރައްކާ ކުރާ ބައްޔެކެވެ.
އެމެރިކާގެ ޓެކްސަސްގެ މި ކުއްޖާގެ ހާލާއި ބެހޭގޮތުން އެންމެ ފަހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ކުއްޖާގެ ހާލު ރަނގަޅެވެ.
މިއީ ހަމަ އާދައިވެ ހުން ނުވަތަ ރޯގާއެއްފަދަ ބައްޔެކެވެ. ނަވެސް މި ބަލީގައި ބޮޑުވަރުވާނަމަ، ސިކުންޑިއާއި ނާރުތަކަށް ގެއްލުން ލިބި، ވާގި ނެތުމުގެ ފުރުސަތު އޮވެއެވެ. ޓެކްސަސްގެ ޕަބްލިކް ހެލްތުން ބުނާ ގޮތުގައި އިތުރުބައެއްގެ ހަށިގަނޑުން މި ބަލި ފެނުމުގެ ފުރުސަތު އޮތްނަމަވެސް މުޖުތަމައުގެ ތެރެއިން މި ބަލި ނުފެތުރޭނޭ ކަމުވެ ޔަގީންކަން އެބައޮތެވެ.
