ނޯ ޕްލާސްޓިކް މޯލްޑިވްސް އާއި ވީ.އޭ.އެމް.ކޯ އާ ގުޅިގެން ޕްލާސްޓިކްއަށް ނޫނެކޭ ބުނުމުގެގޮތުން "ކާކު ނޫނެކޭ ބުނާނީ"ގެ ނަމުގައި ޚާއްސަ ކެމްޕެއިންއެއް ފަށައިފިއެވެ. މި ކެންޕެއިންގައި ބައިވެރިވެލެއްވުމަށް "ނޯ ޕްލާސްޓިކް މޯލްޑިވްސް"ގެ ފޭސްބުކް ޕޭޖްއަށް ލައިކް ދޭށެވެ. އެއަށްފަހު ތިމާވެށި ރައްކާތެރި ކުރުމަށް އެހީތެރެވެދޭނެ ގޮތަކަށް ތިމާ ކުރަމުން އަންނަ ކަމެއްގެ ނުވަތަ ކަންތައްތަކެއްގެ ޕޮޓޯ ނުވަތަ ވީޑިއޯ އެއް މި ފޭސްބުކް ޕޭޖެގައި ޕޯސްޓް ކޮށްލާށެވެ.

އެއް މަސްދުވަހަށް ދިގުދެމިގެންދާ މި ކެންޕެއިންގައި އެއްވަނައަށް އަންނަ ފަރާތަކަށް ވީ.އޭ.އެމް.ކޯއިން ވަނީ ބޯފެން ފިލްޓަރ ކުރެވޭ ސިސްޓަމެއް ހުށައަޅާފައެވެ. މި ކެމްޕެއިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ނޯ ޕްލާސްޓިކް މޯލްޑިވްސްގެ ފޭސްބުކް ޕޭޖުގައެވެ.

މި ކެމްޕެއިންގެ އިނާމު ލިބޭނީ މި ޕޭޖް "ނޯ ޕްލާސްޓިކް މޯލްޑިވްސް" ގައި ފޯސްޓްކުރެވޭ ޕޮޓޯ/ވީޑިއޯގެ ތެރެއިން އެންމެ ގިނަ ލައިކްސް އަދި ޝެއަރ ލިބޭ ފަރާތަކަށެވެ. މި ކެންޕެއިން ކުރިއަށްދާނީ 1 ސެޕްޓެންބަރ އިން 30 ސެޕްޓެންބަރ ގެ ނިޔަލަށެވެ.

"މި ކެމްޕެއިންގެ މައިގަނޑުމަގްސަދަކީ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްއާއި ދުރުގޮތެއް އިހުތިޔާރުކުރުމުގެ އާދަ އަށަގެންނެވުމާއި އަދި ޕްލާސްޓިއާއި ނުލާވެސް ދިރިއުޅުމުގެ ކަންކަން ފުރިހަމަ ކުރެވެން އޮންނަކަން އަންގައިދިނުމެވެ.

ނޯ ޕްލާސްޓިކް މޯލްޑިވްސްއިން ބުނާ ގޮތުގައި މީގެ އެތަކެއް ކެމްޕެއިންތައް ވަނީ ރޭވިފައެވެ. އަދި މިހާރުގެ ހާލަތު ތަންދޭ މިންވަރަކުން މި ކެމްޕެއިންތައް ކުރިއަށް ހުރި މަސްތަކުގައި އިފްތިތާހުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮމޯޝަންގެ ޕާރޓްނާރ ވީ.އޭ.އެމް.ކޯ ގުޅުމަކީ މިކަމަށް ލިބިގެންދިޔަ އިތުރު ފުރިހަމަ ކަމެއްކަމުގައި ދެކޭކަމަށް ނޯ ޕްލާސްޓިކް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.