ބޮލީވުޑްގެ މަޝްހޫރުތަރި ކެޓްރީނާ ކެއިފް އަދި ވިކީ ކައުޝަލްގެ ކައިވެނީގެ ވާހަކަ މީޑިޔާތަކަށް އާންމުވުމުން ކެޓްރީނާ ހިތްހަމަ ނުޖެހިއްޖެއެވެ. މިކަމުގެ ސަބަބުން އޭނާ ކައިވެނީގެ ކާޑުތައްވެސް ނުބަހާކަމަށް ކެޓްތްރީނާ އާއި ވިކީ އާއި ވަރަށް ގާތް ފަރާތަކުން މައުލޫމާތުދެއެވެ.

"އަސްލު ކެޓްރީނާ އަކީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ވަހާކަތައް މީޑިޔާއަށް އާންމުކުރަން ބޭނުންވާ މީހެއްނޫން. މީގެ އިތުރުން މިކަހަލަ ޚާއްސަ ދުވަހެއްގެ ވާހަކަ މީޑިޔާއަށް އާންމު ވުމުން އޭނާ ހުރީ އަސްލު ވަރަށް ހިތްހަމަނުޖެހިފައި. މިކަމުގެ ސަބަބުން ކައިވެނީގެ ކާޑުތައްވެސް ނުބަހާ ހުރީ." އެ ދެ ތަރިންނާއި ގާތް ފަރާތަކުން ބުނެފައިވެއެވެ.

މީގެ ކުރިން މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި ދެ ތަރިން އިންނަން ހަމަޖެހިފައިވަނީ 7 ޑިސެމްބަރުގައެވެ.