ދުނިޔޭގެ އެންމެ މުއްސަނދި މީހާ އީލޮން މަސްކް ކުރި ޓްވީޓްއެއްގައި ބުނެފައިވަނީ 6 ބިލިއަން ޑޮލަރުން ދުނިޔޭގެ ބަނޑުހައިހޫނުކަމަށް ހައްލެއް ލިބޭނެ ގޮތް ދައްކާނަމަ ޓެސްލާގެ 6 ބިލިއަން ޑޮލަރުގެ ސްޓޮކް ވިއްކައި، ލިބޭ ފައިސާ އދ ގެ ފުޑް އޭޖެންސީއަށް ހަދިޔާކުރާނެ ކަމަށެވެ.

އޭނާގެ މި ވާހަކަފުޅަކީ ޔޫއެން ވޯލްޑް ފުޑް ޕްރޮގްރާމްގެ އެގްޒެކެޓިވް ޑިރެކްޓަރު ޑޭވިޑް ބީސްލީ މިދިޔަ ހަފުތާގައި ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި މަސްކް އާއި އެމޭޒަންގެ ފައުންޑަރު ޖެފް ބެޒޯސް އަދި އެހެން ބިލިއަނަރުންނަށް ޗެލެންޖްކުރައްވައި ބަނޑުހައިހޫނުކަން ނައްތާލުމަށް "އެއް ފަހަރު" ތެދުވުމަށް ގޮވާލެއްވި ވާހަކަފުޅަކާ ގުޅިގެން ދެއްކެވި ވާހަކަތަކެކެވެ.

އެ އިންޓަވިއުގައި ބެސްލީ ވިދާޅުވީ ބިލިއަނަރުންނަށް "6 ބިލިއަން ޑޮލަރު ދެވިދާނެ" ކަމަށާއި އެ ފައިސާ އާ ހަމައަށް ނުދެވިއްޖެނަމަ ބަނޑުހައިހޫނުކަމުގައި މަރުވާނެ 42 މިލިއަން މީހުންނަށް އެހީވުމަށް ބިލިއަނަރުންނަށް އެހީތެރިވެވިދާނެ ކަމަށެވެ.

"އިޓްސް ނޮޓް ކޮމްޕްލިކޭޓެޑް" އަރްސަލްގެ އިންޓަރވިއުގައި އޭނާވަނީ ބުނެފައެވެ.

އެ ފައިސާ އަކީ މަސްކްގެ މިލްކިއްޔާތުގެ ގާތްގަނޑަކަށް ދެ ޕަސެންޓް ކަމަށާއި އެއީ ގާތްގަނޑަކަށް 300 ބިލިއަން އެމެރިކާ ޑޮލަރު ކަމަށް ވެސް ފޯބްސް އިން ބުނެ އެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އޭނާގެ މުއްސަނދިކަމާއި އެމެރިކާގެ ގިނަ މަލްޓި ބިލިއަނަރުންގެ މުއްސަނދިކަން ހަލުވިކަމާއެކު ކުރިއަރައިގެން ގޮސްފައިވަނީ، ވައިރަސް އައުމުގެ ކުރިން ސްޓޮކް އަދި ހޯމް އިކުއިޓީ އިތުރުވުމުގެ ސަބަބުންނެވެ.

ސްޕޭސް އެކްސްގެ ފައުންޑަރު އާދީއްތަ ދުވަހު ކުރިޓްވިޓާގައި ޕޯސްޓްކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ "ޑަބްލިއުއެފްޕީ އިން މި ޓްވިޓާ ތްރެޑްގައި ދުނިޔޭގެ ބަނޑުހައިހޫނުކަމަށް 6 ބިލިއަން ޑޮލަރުން  ހައްލެއް ލިބޭނީ ކިހިނެއްތޯ ސިފަކޮށްދީފިނަމަ ، ޓެސްލާގެ ސްޓޮކް މި ވަގުތު ވިއްކާލައި އެކަން ކުރާނަން."

އަދި އެއީ އޯޕަން ސޯސް އެކައުންޓިން އަކަށް ވާން ޖެހޭނެކަމަށާއި، އެހެންކަންތައްކުރުމުން ރައްޔިތުންނަށް ދެއްކެނީ ހަމަ ކަނޑައެޅިގެން އެ ފައިސާ ހަރަދު ކުރެވޭނެ ގޮތްކަމަށް އިލޯން ވަނީ ބުނެފައެވެ.