ސޮރައިސިސް އަކީ ދާއިމީ އޮޓޯއިމިއުން ހަމުގެ ބައްޔެކެވެ. މިބަލީގެ ސަބަބުން ހަންގަނޑުގެ ސެލްތަކުގެ ހެދިބޮޑުވުން އަވަސްކޮށްދެއެވެ. މިހެން ދިމާވަނީ އޯވައެކްޓިވް ދިފާއީ ނިޒާމުގެ ސަބަބުން ހަންގަނޑުގެ ސެލް ގެ ހެދިބޮޑުވުން އަވަސްކޮށްދޭތީ އެވެ. އާދައިގެ ހަންގަނޑުގެ ސެލްތައް އެއްކޮށް ބޮޑުވެ، މަހެއްހާ ދުވަހުގެ ތެރޭގައި (ވެއްޓި) އަލުން އުފެދެއެވެ. ސޯރިއޭސިސް އާއި އެކު ހަންގަނޑުގެ ސެލްތަކުން މިކަން ކުރަނީ އެންމެ ތިން ހަތަރު ދުވަސް ތެރޭގައެވެ. ހިކިފައިހުންނަ ސެލްތައް ވެއްޓުމުގެ ބަދަލުގައި ހަންގަނޑުގެ ހިކިސެލްތައް ހަންގަނޑުގެ މަތީ ފަށަލައިގައި ބޮނޑިވެ އެވެ. ބައެއް މީހުން ރިޕޯޓުކުރާ ގޮތުގައި ސޯރިއޭސިސް ޕެޗުތަކުގެ ސަބަބުން ހަނގަނޑު ކެހުމާއި، ދިލަނެގުން ކުރިމަތިވެއެވެ.

ސޯރިއޭސިސް ދެނެގަނެ ފަރުވާ ދެނީ ކިހިނެއް؟.

ސޮރައިސިސް އަކީ ގިނަ ފަހަރަށް އާންމު ބަލިތަކަށް ފަރުވާދޭ ޑޮކްޓަރަކަށްވެސް ފާހަގަ ކުރެވިދާނެބައްޔެކެވެ. ނަމަވެސް މިއީ ހަމުގެ އެހެން ބަލިތަކާއި (އެކްޒީމާ ފަދަ) އެއްގޮތްކަމެއް ހުރެދާނެ ބައްޔެކެވެ. އެހެންކަމުން ޑާމަޓޮލޮޖިސްޓެއް (ހަމުގެ ޑޮކްޓަރެއް) ގެލަފާހޯދުމަކީގިނަ ފަހަރަށް މިބަލި ދެނެގަތުމަށް އެންމެ ރަނގަޅު ގޮތެވެ. ސޮރައިސިސްގެ ފަރުވާ އާންމު ގޮތެއްގައި ބިނާވެފައި އޮންނަނީ ހަންގަނޑަށް އަސަރުކުރުވަނީ ކިހާ މިންވަރަކަށްތޯ އާއި، ބަލީގެ މިންވަރު (މިސާލަކަށް ގިނަ ނުވަތަ ރަތްވެފަހުންނަ ހަންގަނޑުގެ ޕެޗްތަކެއް ހުރުމާއި، އެޕެޗުތައް ނަގާފަ ހުންނަ ހިސާބުގަނޑުގެ މައްޗަށެވެ. މިބައްޔައްދެވޭ ފަރުވާގެ ތެރޭގައި، އަސަރުކޮށްފައިވާ ސަރަހައްދުތަކުގައި އުނގުޅާ ކްރީމްތަކާއި އޮއިންޓްމަންޓްތަކުން ފެށިގެން އަލްޓްރާވައިލެޓް ލައިޓް ތެރަޕީއިން ފެށިގެން ޑްރަގްސް (މެތޮޓްރެކްސެޓް ފަދަ)  ފަރުވާތައް ހިމެނެއެވެ. ސޯރިއޭސިސް ހުންނަ ގިނަ މީހުންނަށް ހަކުރު ބައްޔާއި ހިތުގެ ބަލި ތަކާއި ޑިޕްރެޝަން ފަދަ ސީރިއަސް ސިއްހީ ބަލިތައް ވެސް ކުރިމަތިވެ އެވެ. އަދި ސޯރިއޭސިސް ހުންނަ ބައެއް މީހުންނަށް އިންފްލެމޭޓަރީ ހާލަތެއް މެދުވެރިވެ، އޭގެ ސަބަބުން އެމީހުންގެ ހުޅުތަކަށް އަސަރުކޮށް، ސޯރިއޭޓިކް އާތުރައިޓިސް ކިޔާ ބައްޔެއް ވެސް ކުރިމަތި ކުރުވައެވެ.

ސޯރިއޭޓިކް އާތުރައިޓިސްއަކީ އެހެން ވައްތަރުތަކުގެ އާތްރައިޓިސްއާޢި އެއްގޮތް އަލާމާތްތަކެއް ހުންނަ ބައްޔެކެވެ. އެހެންކަމުން ރޫމަޓޮލޮޖިސްޓެއް (އާތުރައިޓިސް ޑޮކްޓަރެއް) އަކީ ގިނަ ފަހަރަށް އެބަލި ދެނެގަތުމަށް ލަފާހޯދަން އެންމެ ރަނގަޅު ޑޮކްޓަރެވެ. ސޯރިއޭޓިކް އާތުރައިޓިސްއަށް ފަރުވާކުރުމަށް ބާރުގަދަ ޑްރަގެއްކަމުގައިވާ (މެތޮޓްރެކްސެޓް ފަދަ) ބޭސް ދެވެއެވެ.

ސޯރިއޭސިސްގެ އަލާމާތްތަކަކީ ކޮބާ ؟ 

ސޮރައިސިސްގެ ސަބަބުން ހަމުގައި ރަތް ކުލައިގެ ޕެޗުތަކެއް އުފެދެއެވެ. އަދި މިޕެޗުތަކުގައި ރިހި ނުވަތަ އަޅިކުދައަކަށްދާ ހިކި ހަންކޮޅުތަކެއް އުފުލިފަހުރެއެވެ. އާންމު ގޮތެއްގައި މިބަލި އާލާވަނީ ކަކުލުހުޅު، އުޅަނބޮށި، ބޮލުގެ އިސްތަށިގަނޑު، ބުރަކަށި، މޫނު، އަތްތިލަ، އަދި ފައިގެ ފަލަމަސްގަނޑުގަ އާއި ފައިގެ ކުޑަކަޅުވާގައެވެ. ނަމަވެސް އެހެން ތަންތަނަށް (އިނގިލި، ފައިގެ އިނގިލިތައް، އަދި އަނގައަށް) އަސަރު ކުރުމަކީ ވެދާނެ ކަމެކެވެ. އެންމެ އާންމު ވައްތަރުގެ ސޮރައިސިސް އަށް ކިޔަނީ ޕްލާކް ސޯރިއޭސިސް އެވެ. މިބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއް ނޫންކަމުން މިބަލި ހުންނަ މީހަކާ ގާތް ވިޔަސް މިބައްޔެއް ނުފެތުރޭނެއެވެ.

ސޯރިއޭސިސް މިބަލި ތަހައްމަލް ކުރަމުން ދިއުން .

އެހެން ދާއިމީ ބަލިތަކެކޭ އެއްފަދައިން ސޮރައިސިސްގެ ސަބަބުން ވެސް ތިބާގެ ޖިސްމާނީ ސިއްހަތު ނޫނަސް ދިރިއުޅުމުގައި ނަފްސާނީ ގޮތުން އަސަރުކުރުމަކީ އެކަށީގެންވާ ކަމެކެވެ. ސޯރިއޭސިސްގެ ސަބަބުން ތިބާގެ ނަފްސާނީ ދުޅަހެޔޮކަމާއި، ތިބާގެ ދިރިއުޅުމާއި، ސްޓްރެސް އާޢި ކުރިމަތިލާ ގޮތާއި، އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އިޚްތިޔާރުކުރާ ހެދުމުގެ ފޭރާން މުގެ ސަބަބުންވެސް ބައެއް ފަހަރު މިބަލީގެ އަލާމާތް ތައް ބޮޑުވެއެވެ، އެހެންކަމުން މިބައްޔާ އެކު އުޅެން ދަސްކުރާއިރު މިބަލިން ލުއިތައް ލިބޭނެ އެކި ގޮތް ގޮތް އިހްތިޔާރުކޮށް ހިތްވަރާއި އެކު މިބަލިން ފަރުވާ ހޯދަމުން ދިއުން އެދެވިގެންވެއެވެ.