ބޮލީވުޑް ގެ މަޝްހޫރު ތަރި އަރުޖުން ކަޕޫރް އޭނާގެ އެންމެ ފަހުގެ ފިލްމު "އެކް ވިލަން" ގެ މަސައްކަތް ނިންމާލުމަށް ފަހު "ކުއްތޭ" ގެ މަސައްކަތް ފަށަން ތައްޔާރު ވެއްޖެއެވެ. ވިޝާލް ބާރްދުވާޖްގެ ދަރިފުޅު އާސްމާން ޑައިރެކްޓު ކުރާ މި ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް މުމްބައީގައި ފެށިގެންދާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން މައުލޫމާތުދެއެވެ.
ޕްރޮޑަކްޝަން ޓީމުން އިތުރަށް ބުނި ގޮތުގައި މި ފިލްމުގެ ޝޫޓިން ހުއްޓުމެއްނެތި ކުރިޔަށް ދާނެ ކަމަށާއި ކްރިސްމަސް އަދި އާ އަހަރަށް ވެސް މި ފިލްމުގެ ޝޫޓިންނަށް ހުއްޓާ ނުލާނެކަމަށެވެ. އެހެންކަމުން 60 ވަރަކަށް ދުވަސް ތެރޭގައި މި ފިލްމުގެ ޝޫޓިން އެކޮށް ނިންމާލެވޭނެކަމަށް އެ ޓީމުން މައުލޫމާތު ދެއެވެ.
މި ފިލްމުގައި އަރުޖުންގެ އިތުރުން ނަސްރުއްދީން ޝާހް، ކޮންކޮނާ ސެން ސަރްމާ، ޓަބޫ އަދި ރާދިކާ މެންޑަން ފެނިގެންދާނެއެވެ.
މި ފިލްމުގެ އިތުރުން އަރުޖުން ކަޕޫރްގެ ކުރިޔަށް ފިލްމުތަކަށް ބަލާ އިރު އަޖޭ ބޭލްގެ ލޭޑީ ކިލާގެ އިތުރުން ޖަގަން ޝަކްތީގެ ފިލްމެއްގައި ޖޯން އަބްރަހަމް ހިމެނެއެވެ.
